އެމްއެންޑީއެފް

ސިފައިންގެ "ޖައްރާފާ" ތަމްރީނުތައް ފަށައިފި

Mar 17, 2016

އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްގެ "ޖައްރާފާ" އެކްސަސައިޒްތައް ފަށައިފި އެވެ.

ޖައްރާފާ ތަމްރީނުތައް ފެށުމުގެ ގޮތުން މިއަދު ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެފްއާރްއެސްގެ ކޮމާންޑާ ކާނަލް އަބްދުﷲ ޒުހުރީއެވެ. މި ތަމްރީނުތައް މި މަހުގެ 19 އަށް ކުރިޔަށްދާނެ އެވެ.

ތަމްރީނުތަކުގައި އެފްއާރުއެސްގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެ މާލެ އާއި ހުޅުމާލޭގެ އިތުރުން ވިލިމާލެ އާއި ކަނޑުމަތީގައިވެސް ސިފައިން ހަރަކާތްތެރިވާނެ އެވެ.