ދިވެހި މީޑިއާ

ސަންގުގެ ބަހުސް ޕްރޮގްރާމްގެ މައްސަލައެއް ބަލަން ފަށައިފި

Mar 17, 2016

ސަންގް ޓީވީން ފޮނުވާ "ސިޔާސީ ބަހުސް"ގެ މައްސަލައެއް ބްރޯޑްކޮމް އިން ބަލަން ފަށައިިފި އެވެ. އެ ޕްރޮގްރާމާބެހޭ މައްސަލައެއް ބަލާކަން ބްރޯޑްކޮމްގެ އޮފިޝަލަކު ވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް ތަފުސީލެއް ނުދެއްވަ އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ބްރޯޑްކޮމް އިން ބަލަނީ އެ ޕްރޮގްރަމްގެ ކޮންޓެންޓް، ކޯޑް އޮފް ޕްރެކްޓިސްއާއި ހިލާފުވެފައިވާ ކަމަށް ބެލެވި ކޯޑް އޮފް ޕްރެކްޓިސްގެ ދެވަނަ ހަމައިގެ 1 ވަނަ ނަމްބަރާއި ދެވަނަ ނަމްބަރާ ހަވާލާދީ އެވެ.

މިމަހުގެ 31 ވަނަ ދުވަހުގެ ކުރިން ސަންގް ޓީވީން އެ މައްސަލައަށް ޖަވާބުދާރީވާން ބްރޯޑްކޮމް އިން އަންގާފައިވާ ކަމަށް ވެސް ވެއެވެ.