ބޭރު ކުޅިވަރު

ކުއާޓާ ފައިނަލުގައި ބާސެލޯނާ އާއި އެތްލެޓިކޯ، ޕީއެސްޖީ އާއި ސިޓީ

ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ސްޕޭނުގެ ބާސެލޯނާ އާއި އެތްލެޓިކޯ މެޑްރިޑް އަދި ފްރާންސްގެ ޕީއެސްޖީ އާއި އިނގިރޭސި ކުލަބު މެންޗެސްޓ ސިޓީ ވާދަކުރަން ޖެހިއްޖެ އެވެ.

ސްވިޒަލޭންޑްގެ ނިއޯންގައި މިއަދު ގުރު ނެގިއިރު މުބާރާތުގައި ވާދަކުރާ ސްޕޭނުގެ ތިން ޓީމުގެ ތެރެއިން ދެ ޓީމު ވާދަކުރަން ޖެހުނުއިރު ސްޕޭނުގެ ރެއާލް މެޑްރިޑް ވާދަކުރަން ޖެހުނީ ޖަރުމަނުގެ ވުލްފުސްބާގް އާ އެވެ.

ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކް ވާދަކުރާނީ ޕޯޗުގަލްގެ ބެންފީކާއާ އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގު ކުޅޭނީ އަންނަ މަހުގެ ފަހެއް އަދި ހަޔެއްގަ އެވެ. ދެ ވަނަ ލެގު ކުޅޭނީ އޭޕްރީލް 12 އަދި 13ގަ އެވެ.

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ ބާސެލޯނާ އެވެ.