އެމްއެންޑީއެފް

ސިފައިންގެ ބަޑި މުބަރާތް ފަށައިފި

Mar 20, 2016
1

ސިފައިންގެ އަހަރީ ބަޑި މުބާރާތް ފަށައިފި އެވެ.

ގިރިފުށީގައި ބޭއްވި ރަސްމިއްޔާތަކާއެކު ބަޑި މުބާރާތް ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރެވެ

މި މުބާރާތް ފައްޓަވައި ދެއްވުމުގެ ގޮތުން ބަޑި ޖައްސަވާފައި ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަޙްމަދު ޝިޔާމާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަޙްމަދު ޝާހިދުގެ އިތުރުން ސީނިއާ އޮފިސަރުންނެވެ.

ސިފައިންގެ އަހަރީ ބަޑި މުބާރާތަކީ މޭޖާ އިނގިރޭސި އުމަރު މަނިކުގެ ހަނދާނީ ވާދައިގެ ތައްޓަށް ކުރިއަށް ގެންދެވޭ މުބާރާތެކެވެ. މޭޖާ އިނގިރޭސި ޢުމަރު މަނިކަކީ ސިފައިންގެ ޚިދުމަތުގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ، އޮފިސަރެކެވެ.