އެމްޑީޕީ

ކްއީންސްލެންޑް ސެނެޓާ ޖޭމްސްއާ ނިޔާޒް ބައްދަލުކުރައްވައިފި

Mar 20, 2016
1

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް އޮސްޓްރޭލިއާގެ ކުއީންސްލެންޑް ތަމްސީލްކުރައްވާ ސެނެޓާ އަދި އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ އެސިސްޓެންޓް މިނިސްޓަރ ޖޭމްސް މެގްރާތު އާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން އޮތީ އިއްޔެ ރޭ ބްރިޒްބަންގެ ސިޓީ ކައުންސިލް އިންތިޚާބް ލިބަރަލް ޕާޓީއިން ކާމިޔާބް ކުރިކަން އިއުލާން ކުރުމުގެ ހަފްލާގައެވެ. ނިޔާޒު އޮސްޓްރޭލިއާއަށް ވަޑައިގެންނެވީ ލިބަރަލް ޕާޓީގެ ދައުވަތަކަށެވެ.

މި ބައްދަލުވުމުގައި ޖޭމްސް ވަނީ ރާއްޖޭގެ ޑިމޮކްރަސީ ހީނަރުވަމުން އަންނަ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވައި ރައީސް މުޙައްމަދު ނަޝީދާއި ސިޔާސީ ޕާޓީތަކުގެ ލީޑަރުން ޖަލަށް ލާފައިވާތީ އެކަން ކުއްވެރިކުރައްވާފަ އެވެ.