ހަބަރު

ކޮފީ ކްލަބު ތިޖޫރީން ލައްކައަކަށްވުރެ ގިނަ ފައިސާ ވަގަށް ނަގައިފި

އިބްރާހިމް އިންޓަނޭޝަނަލް އެއާޕޯޓްގައި ހުންނަ ކޮފީ ކްލަބުގެ ތިޖޫރީން ވައްކަން ކޮށްފި އެވެ. ކޮފީ ކްލަބުގެ ތިޖޫރީން އެއް ލައްކައަށްވުރެ ގިނަ ފައިސާ ވަނީ ވަގަށް ގެންގޮސްފަ އެވެ.

މި މައްސަލައާ ގުޅިގެން އަވަސްއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ކޮފީ ކްލަބުން ވައްކަންކުރި މައްސަލަ ފުލުހުންނަށް ހުށަހެޅީ މިއަދު ހެނދުނު 7:30 ގައި ކަމަށެވެ.

ކޮފީ ކްލަބުގެ ތިޖޫރީން ލައްކައަކަށްވުރެ ގިނަ ފައިސާ ވަގަށް ގެންގޮސްފައިވަނީ ތިޖޫރީ ފަޅާލައިގެން ނޫން ކަމަށާއި ތިޖޫރީގެ ސެކިއުރިޓީ ކޯޑު ޖަހައިގެން ކަމަށް އޮފިޝަލް ވިދާޅުވި އެވެ. ވަގަށް ނެގި ފައިސާގެ ތެރޭގައި 90،000 ރުފިޔާ އާއި 6000 ޑޮލަރު ހިމެނޭ ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރު ނުކުރާއިރު، މައްސަލަ މިހާރު ދަނީ ތަހުގީގުކުރަމުންނެވެ.