މަސްތުވާތަކެތި

ގިނަ އަދަދެއްގެ ކެނަބިސް އެތެރެކުރި ބިދޭސީއަކު ހައްޔަރުކޮށްފި

Mar 21, 2016

ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ހިފައިގެން އައި ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

ކަސްޓަމްސްއިން ބުނީ ބަންގްލަދޭޝްގެ ޑާކާއިން ފުރައިގެން ސްރީލަންކާމަގުން މާލެ އައި ބަންގްލަދޭޝްގެ 22 އަހަރުގެ މީގެ އަތުން އަތުން ޕެކިންގއާއެކު 909 ގްރާމްގެ މަސްތުވާތަކެތި ހުރި ކަމަށެވެ.

މި މަހުގެ 13 ވަނަ ދުވަހުު އައި އެ މީހާގެ ފޮށިތަންމަތި އެކްސްރޭކުރުމުގެ ތެރޭގައި ޝައްކުވެގެން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭ އެ ތަކެތި ފެނުނީ އޭނާ ގެންގުޅުނު ދަބަހެއްގެ ތެރެއިންނެވެ. ތަކެތި ތަހުލީލުކުރިއިރު ވަނީ މަސްތުވާ ތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިސް އަށް ޕޮޒިޓިވް ވެފައެވެ. އެތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.