ކުޅުދުއްފުށި

އުތުރުގެ ސްކޫލްތަކުގެ ދަރިވަރުންނަށް ކެޑޭޓް ކޭމްޕެއް ފަށައިފި

އުތުރުގެ ތިން އަތޮޅުތަކުގެ ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކެޑޭޓް ކޭމްޕެއް ފަށައިފި އެވެ. މި ކޭމްޕް ކުރިއަށް ދަނީ ހދ. ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގަ އެވެ.

ޖަލާލުއްދީން ސްކޫލްގައި އިއްޔެ ފެށި މި ކޭމްޕްގައި ހއ. ހދ. އަދި ށ. އަތޮޅުގެ ތިން ސްކޫލަކުން 59 ކެޑޭޓުން ބައިވެރިވެ އެވެ. ރީޖަނަލް ކެޑޭޓްގެ އުތުރުގެ ކޭމްޕް ފަށާފައިވާ މި ކޭމްޕް ފައްޓަވައިދެއްވީ، ޖަލާލުއްދީން ސްކޫލުގެ ޕްރިންސިޕަލް މަހުދީ ޝާހިދެވެ.

ޖަލާލުއްދީން ސްކޫލުން މައުލޫމާތު ދިން ގޮތުގައި، ކޭމްޕް ބާއްވާ ޖަލާލުއްދީން ސްކޫލްގެ 31 ކެޑޭޓުން ކޭމްޕްގައި ބައިވެރިވާއިރު، ހއ އަތޮޅު ތައުލީމީ މަރުކަޒުގެ 10 ކެޑޭޓަކު ކޭމްޕްގައި ބައިވެރިވެ އެވެ. އަދި ށ ފުނަދޫ ސްކޫލުގެ 18 ކެޑޭޓުން ބައިވެރިވެ އެވެ. މީގެ ތެރޭގައި 18 އަންހެން ކެޑޭޓުން ހިމެނެ އެވެ.