ޓެރަރިޒަމް

ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓްކުރާ ބިލް ތަސްދީގުކޮށްފި

Mar 21, 2016

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) އަށް އެއް ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ތަޞްދީގު ކުރައްވައިފިއެވެ.

މި ބިލު ރައީސް ތަޞްދީގު ކުރެއްވުމާ ގުޅިގެން ދިވެހި ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިއު ކުރައްވާފައެވެ.

ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް މި ގެނެވުނު އިޞްލާޙާ ގުޅިގެން، ޓެރަރިސްޓް ޖަމާޢަތްތައް ކަމަށް ބެލެވޭ ޖަމާޢަތްތަކުގެ ލިސްޓެއް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާނެ އެވެ. އަދި އެ ލިސްޓު ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ އިރުޝާދާއެކު ބަލަހައްޓަވާނީ ސިފައިންނެވެ.

އެ ގާނޫނު ބުނާ ގޮތުން ޓެރަރިސްޓް ޖަމާއަތެއްގެ ލިޔުންތައް ޓީވީ ރޭޑިއޯ ނުވަތަ އިންޓަނެޓް މެދުވެރިކޮށް ނަމަވެސް ފެތުރުމަކީ ކުށެކެވެ. އެފަދަ ކުށެއް ކޮށްފައިވާ މީހެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.