ޣައްޒާ ހަނގުރާމަ ހުއްޓާލުމަށާއި ހަމާސްއިން ރަހީނުކުރި ޔަހޫދީން މިނިވަންކުރުމަށް، އިޒުރޭލުގެ ދިފާއީ ބާރުތަކާ ހަމާސްއާ ދެމެދު ކުރެވުނު މަޝްވަރާތައް ކޮޅެއްގައި ޖެހި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް އެމެރިކާގެ ނޫސްތަކުން ބުނެފި އެވެ.
މި އެއްބަސްވުން ބުނާ ގޮތުން ފިޔަވަހިތަކަކަށް ބަހާލައިގެން އިޒުރޭލު ސިފައިން ފަހަތަށް ޖެހި ޣައްޒާއިން ފައިބާނެ އެވެ. މި ގޮތުން ހައެއްކަ ހަފުތާ ވަންދެން އަޖުމަބެލުމަށް މި ހަރަކާތްތައް ހިންގާނެ އެވެ.
ހަމާސްގެ ހައްޔަރުގައި ތިބި އަސީރުން މިނިވަންކުރުމުގައި އެއްބަސްވެފައި އޮތް ގޮތަކީ، ހަމާސްއިން ދޫކޮށްލާ ކޮންމެ ޔަހޫދީއަކަށް، އިޒުރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީންގެ ގައިދީންގެ ތެރެއިން 30 މީހަކު މިނިވަންކުރުން ހިމެނެ އެވެ.
އަދި ހަނގުރާމަ ހުއްޓާލާފައި އޮންނަ ކޮމެ ދުވަހަކަށް 600 ލޮރީގެ އެހީ އިންސާނީ އެހީގެ ގޮތުގައި ޣައްޒާއަށް އެތެރެކުރަން ޖެހޭނެ ކަމަށްވެސް އެއްބަސްވުމުގައި ވެއެވެ.
ގަތަރުގެ ވެރިރަށް ދޯހާގައި ކުރެވުނު -- ދިގުލައިގެން ގޮސްފައިވާ މަޝްވަރާތަކަށް ދެ ފަރާތުން އެއްބަސްވުމާ އެކު ހަމާސްއިން ވެސް ވަނީ ބަޔާނެއްދީފަ އެވެ. މި އެއްބަސްވުމާ ބެހޭ ގޮތުން އިޒުރޭލުން ވެސް ނޫސްތަކަށް ބަޔާން ދޭނެ އެވެ.
އޮކްޓޯބަރު 7، 2023 ގައި ހަމާސްގެ ހަނގުރާމަވެރިން ޔަހޫދީ އާބާދީތަކަށް އަރައިގަތުމާ ގުޅިގެން ފެށުނު ހަނގުރާމާގައި، ޣައްޒާއިން 46.700 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.