މިނިސްޓަރު އަލީ އިހުސާން

އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދައިފި

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީ އިން ރައްޔިތުންގެ މަޖިލީހަށް ވައްދައިފި އެވެ.

އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީ އިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 12 މެންބަރުންގެ ސޮޔާއެކު އެވެ.

އެމްޑީޕީ އިން ހުށަހެޅި މައްސަލައިގައި ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ކަންކަން ބަލަހައްޓާ އެކްސްޕެޓް ސިސްޓަމް ހުއްޓުވައި، ބްލެކްލިސްޓް ކޮށްފައިވާ މެލޭޝިޔާގެ "ބެސްޓިނެޓް" ކުންފުންޏާ ހަވާލު ކުރި މައްސަލަ ފާހަގަކޮށްފައިވެ އެވެ.

އިތުބާރު ނެތްކަމުގެ މައްސަލައިގައި ފުލުހުންގެ ތަހުގީގުތަކަށް ސިޔާސީ ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

މީގެ އިތުރުން ޑީއެންއާރްގެ ޑޭޓާބޭސް ބޭނުންކޮށްގެން އެތައް ބައެއްގެ ޒާތީ މައުލޫމާތު ނަގައި އެ މީހުންގެ ރުމުމަކާ ނުލައި ޕީއެންސީއަށް ވެއްދި ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

އެމްޑީޕީ އިން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ޕީއެންސީއަށް ސައްހަ ނޫން ފޯމުތައް ހުށަހެޅުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ޑީއެންއާރުގެ ވަސީލަތްތަކާޢި މުވައްޒަފުން ބޭނުންކޮށްގެން އެ އޮފީހުގެ ތެރޭގައި އިހްސާންގެ ބެއްލެވުމުގެ ދަށުންކަން ހާމަވެގެން ގޮސްފައިވާ ކަމަށެވެ.