ޣައްޒާ ހަނގުރާމަ ހުއްޓާލަށް އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަންމިން ނަތަންޔާހޫގެ ސަލާމަތީ ކެބިނެޓުން ފާސްކޮށް -- އިޒުރޭލުގެ އަސްކަރިއްޔާ އާއި ހަމާސްއާ ދެމެދު ހެދި އެއްބަސްވުން މިހާރު ވަނީ އާންމުކޮށްފަ އެވެ.
މި އެއްބަސްވުން ބުނާ ގޮތުން އަންނަ އާދީއްތަ ދުވަހުން ފެށިގެން މި އެއްބަސްވުމަށް އަލަުކުރަން ޖެހޭނެ އެވެ. މި އެއްބަސްވުމެއްގެ ދަށުން އިޒުރޭލާއި ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތް، ހަމާސްއާ ދެމެދު ބަދަލުކުރި ހަމަލާތައް މުޅިން ހުއްޓަލަން ޖެހޭނެ އެވެ.
އެއްބަސްވުމަކަށް ނާދެވި ޣައްޒާ ހަމަލާތައް 15 މަހަށް ވަނީ ދިގުދެމިގެން ގޮސްފަ އެވެ.
އިޒުރޭލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 46،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އިޒުރޭލުން ވެސް ބަޔަކު މަރުވި އެވެ. ރެކޯޑްކޮށްފައި އޮތް އަދަދަކީ 1،100 އެވެ.
ހަމަލާތައް ހުއްޓުވުމަށް މަޝްވަރާ މޭޒުދޮށަށް އިޒުރޭލާއި ހަމާސް ޖަމާކޮށް މަޝްވަރާކުރުމުގައި އެންމެ ބުރަ މަސައްކަތްތަކެއް ކުރީ ގަތަރާއި މިސްރު އަދި އެމެރިކާ އެވެ.
މި މަޝްވަރާތަކުގައި އެމެރިކާގެ އިޚުލާސްތެރިކަމާ މެދު ޝައްކު އޮތް ނަމަވެސް، އެމެރިކާގެ ޕްރެޝަރަށް އިޒުރޭލު ވަނީ ދީއްލާލާފަ އެވެ. މަޝްވަރާގެ އެކި މަރުހަލާތައް އެކި ދުވަސްވަރު ފޭލިވުމުގެ ސަބަބުން، ސުލްހައަށް އިންތިޒާރުކޮށްގެން ތިބި އެތައް ބަޔަކު ވަނީ މާޔޫސްވެފަ އެވެ.
ޣައްޒާގެ ސުލްހައިގެ އެއްބަސްވުން އޮތީ ތިން މަރުހަލާއަކަށް ބަހާލާފަ އެވެ. ފުރަތަމަ މަރުހަލާގައި، 42 ދުވަހުގެ ތެރޭގައި ހަމާސްއިން 33 އަސީރުން ދޫކޮށްލާނެ އެވެ. އެއީ އަންހެން، ފިރިހެން އަދި ކުޑަކުދިން އިސްތިސްނާވުމެއް ނެތި އެވެ. ބަދަލުގައި އިޒުރޭލުގެ ޖަމުތަކުގައި ތިބި ފަލަސްތީންގެ ގައިދީން -- އަދަދުކުރުމެއް ނެތި ދޫކޮށްލާނެ އެވެ.
ހަމާސްއިން ރަހީނުކުރި މީހުންގެ ފުރަތަމަ ބުރު އަންނަ އާދީއްތަ ދުވަހު ދޫކޮށްލާނެ ކަމަށް ނަތަންޔާހޫގެ އޮފީހުން ބަޔާނެއްގައި ވަނީ ބުނެފަ އެވެ.