އުރީދޫ

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އުރީދޫގެ ރަނުގެ ފުރުސަތު

މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އުރީދޫ މޯލްޑިވްސްގެ ފަރާތުން ވަރަށް ހާއްސަ އޮފާއެއް ފަށައިފި އެވެ.

އުރީދޫ އިން ބުނީ ގޯލްޑަން ފުޓްސަލް މެޗުތައް ކުރިއަށް ގެންދާ ދުވަސްދުވަހު ހުޅުމާލޭގެ ރެހެންދި ޓާފުގައި ހުންނަ އުރީދޫގެ ޓެންޓުން އުރީދޫގެ ހިދުމަތެއް ހޯދައިގެން ކޮންމެ ހަފުތާއަކު އަގުހުރި އިނާމު ލިބޭ ޕްރޮމޯޝަނެއް ފަށާފައިވާ ކަމަށެވެ.

އެ ގޮތުން އުރީދޫ މޯލްޑިވްސްގެ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، ސުޕަނެޓް ހިދުމަތް އަދި 5ޖީ ޑިވައިސްއެއް ނެގި ކަމުގައިވިޔަސް މި ލަކީ ޑްރޯ ގައި ބައިވެރިވެވޭނެ ކަމަށް އުރީދޫ އިން ބުނެފައިވެ އެވެ.

ޕްރޮމޯޝަންގައި އަގުހުރި އެތައް އިނާމެއް ހިމެނިފައިވާއިރު، މީގެ ތެރޭގައި ޓީވީ، ފްރިޖް، ސޯފާ، މައިކްރޯވޭވް ފަދަ ބޭނުންތެރި އިނާމުތައް ހިމެނެ އެވެ. އަދި މި ޕްރޮމޯޝަނުގެ ހާއްސަ އިނާމެއްގެ ގޮތުގައި ފިޓްސް އެއާގެ ފަރާތުން ދެމީހަކަށް ކޮލޮމްބޯ ދެކޮޅު ޓިކެޓު ލިބޭނެ ކަމަށްވެސް އުރީދޫ އިން ބުނެފައިވެ އެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ ފެބުރުއަރީ މަހު 25 ވަނަ ދުވަހު ގޯލްޑަން ފުޓްސަލް ޗެލެންޖު ނިމުމާއި ހަމައަށެވެ.

މެޗުތައް ކުރިއަށް ދާ ކޮންމެ ދުވަހަކު ރެހެންދި ޓާފުގައި ބެހެއްޓިފައިވާ އުރީދޫ ޓެންޓުގައި އުރީދޫ ޓީމުން ކަސްޓްމަރުންނަށް އެހީތެރިވުމަށް ހަރަކާތްތެރިވަމުންދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.