އުރީދޫ

އުރީދޫގެ ފުރިހަމަ ޓެލެކޮމް ތަޖުރިބާ ފެނިގެންދާ އާ ކެމްޕެއިނެއް ފަށައިފި

އުރީދޫ މޯލްޑިވްސްގެ ފުރިހަމަ ޓެލެކޮމް ތަޖުރިބާ ފެނިގެންދާ އާ ކެމްޕެއިނެއް ފަށައިފި އެވެ.

އުރީދޫގެ އެންމެ ފަހުގެ ކެމްޕެއިން ލޯންޗު ކުރެވުނީ ކުންފުނީގެ ވަރުގަދަ ނެޓުވާކު ދައްކުވައިދޭ ކުރު، ހިތްގައިމު އިޝްތިހާރުތަކަކާއެކުއެވެ. މިކެމްޕެއިންގައި ރައްޔިތުންނަށް އާއްމުކޮށް ދިމާވާ ކަނެކްޓިވިޓީ ގެ މައްސަލަތައް މަޖާ ގޮތެއްގައި ދައްކުވައިދެ އެެވެ.

މި ކެމްޕެއިންގެ މައިގަނޑު އަސާސް އަދި އުޅޭ ކެރެކްޓާ ތައްޔާރު ކުރެވިފައިވަނީ ފިލްމީ ދާއިރާގެ ޒަމާނީ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ކަމަށް އުރީދޫ އިން ބުނެފައިވެ އެވެ. އޭއައި އާއި ފެންވަރު ރަނގަޅު ޕްރޮސްތެޓިކްސްގެ އެހީގައި ތަރައްގީކޮށްފައިވާ މި ކެރެކްޓާތަކުން ކަނެކްޓިވިޓީގެ މައްސަލަތައް ދިމާވާ ސަބަބުތައް ރަމްޒުކޮށްދެނީ މަޖާ އަދި މުނިފޫހިފިލުވައިދޭ ގޮތަކަށެވެ.

މި ކެރެކްޓާތަކަކީ އުރީދޫ މެސްކޮޓްތަކެއް ނޫން ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

އުރީދޫ އިން ބުނި ގޮތުގައި މިއީ ނެޓްވޯކްގެ ތަޖުރިބާ ދަށްވުމުން މާޔޫސްކަން މަޖާކޮށް ދައްކުވައިދިނުމަށް ބޭނުންކޮށްފައިވާ ކެރެކްޓާތަކެކެވެ. އެއީ ގޭމެއްގެ ތެރޭގައި ފަހަތަށް ޖެހުން ނުވަތަ ވީޑިއޯ ކޯލެއްގެ އެންމެ މުހިންމު ވަގުތުގައި ބަފަރިން ކުރުން ދައްކުވައިދޭ ކެރެކްޓާ ތަކެކެވެ.

މި ސިލްސިލާގެ ފުރަތަމަ އިޝްތިހާރު ގޭމިން ކޮމިއުނިޓީ އަށް ހާއްސަ ކުރެވިފައިވާއިރު، އުރީދޫ އަކީ އެންމެ ރަނގަޅު ތަޖުރިބާއެއް ލިބޭ ގޭމިން ނެޓްވޯކްކަން ސިފަކުރެ އެވެ.

އެގޮތުން ގޭމް ކުޅޭ ފަރާތްތަކަށް ތައްޔާރުކޮށްފައިވާ އެ ކުންފުނީގެ ހާއްސަ ޕްރޮޑަކްޓްތަކާއި ހިދުމަތްތަކާއެކު އުރީދޫއިން ވަނީ ގޭމިން އިތުރު ހަރުފަތަކަށް ގެންގޮސްދޭ ކަނެކްޓިވިޓީ އެކްސްޕީރިއަންސެއް ފޯރުކޮށްދީފަ އެވެ.

ކޮންމެ މާކެޓެއްގައި ވެސް މަގުބޫލު ލޯކަލް އިންފްލުއެންސަރުން ހިމެނައިގެން އުފައްދާފައިވާ މި އިސްތިހާރުތަކުގައި ދިމާވާ ދަތިތައް ހައްލު ކުރުމަށް ހީރޯގެ ގޮތުގައި އުރީދޫ ވަނީ ނުކުމެފަ އެވެ.

އުރީދޫގެ ގްރޫޕް ޗީފް ކޮންސިއުމާ އޮފިސަރު ބިލާލް ކަޒްމީ ވިދާޅުވީ މުނިފޫހިފިލުވުމާއި މަސައްކަތާއި ދިރިއުޅުމުގެ މައިބަދައަކަށް ކަނެކްޓިވިޓީ ވެގެންދާއިރު އުރީދޫ އިން ރަނގަޅު ނެޓްވޯކް ތަޖުރިބާެއް ލިބުމުގެ މާނަ ދައްކުވައިދެމުން އަންނަ ކަމަށެވެ.

"މި ކެމްޕޭނަކީ އަޅުގަނޑުމެންގެ ނެޓްވޯކު ބޭނުން ކުރުމުން ކަސްޓަމަރުންނަށް ލިބިދޭ ފަސޭހަ ދައްކުވައިދީ މުނިފޫހިފިލުވުމާއި މައުލޫމާތު ލިބޭ ގޮތަށް ބެލުންތެރިންނާ ގުޅާލެވޭ ކެމްޕޭނެއް،" ބިލާލް ކަޒްމީ ވިދާޅުވި އެވެ.

މި ކެމްޕެއިންގައި އުރީދޫގެ އީޖާދީ، ޒަމާނީ ސޮލިއުޝަން އަދި ކަސްޓަމަރުންނަށް ދެވޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ކަސްޓަމާ ފަސްޓް އެޕްރޯޗެއް ބޭނުންކުރުމަށް ކުރާ މަސައްކަތް ފާހަގަކުރެވެއެވެ.

ބިލާލް އިތުރަށް ވިދާޅުވީ މި އިސްތިހާރު ސީރީޒްގެ ކުރިއަށްހުރި ބައިތަކުގައި ފެނިގެންދާ ކޮންމެ އިޝްތިހާރަކީ ވެސް އުރީދޫގެ ކަސްޓަމަރުން މާޔޫސްކަން ދޫކޮށްލައި މެދުކެނޑުމެއް ނެތި ކަނެކްޓިވިޓީ އާއި ތަފާތު ފުރިހަމަ ތަޖުރިބާއެއް އުރީދޫއާއެކު ކުރެވޭނެ ކަމުގެ ޔަގީންކަން ލިބިގެންދާނެ އިސްތިހާރަކަށް ވާނެ ކަމަށެވެ.