ސްޕޭނުގެ ފަތުރުވެރިކަމުގެ ޓްރޭޑް ފެއާ -- ފުތޫރުގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.
(އެމްއެމްޕީއާރުސީ) އިން ދިވެހިރާއްޖޭގެފަތުރުވެރިކަމުގެ ދާއިރާގެ 25 ޕާޓްނަރުންއާއެކު ބައިވެރިވެއްޖެ އެވެ.
ސްޕެއިނުގެ މެޑްރިޑްގައި މި މަހުގެ 26 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މި ފެއާގައި އެމްއެމްޕީއާރްސީއާ އެކު ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރާއްޖޭގެ 25 ފަރާތެއް ބައިވެރިވެ އެވެ.
އެމްއެމްޕީއާރްސީ އިން ބުނި ގޮތުގައި މި ފެއާގެ ބައިވެރިވުމުގެ މައިގަނޑު މަގުސަދަކީ ޔޫރަޕުގެ މާކެޓުގައި ދިވެހި ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމެވެ.
ރާއްޖޭގެ ސްޓޭންޑް މެދުވެރިކޮށް މި އިވެންޓްގައި މައިގަނޑު ގޮތެއްގައި ދައްކާލާނީ ދިވެހިރާއްޖޭގެ ލަގްޒަރީ، ރޮމެންޓިކް، އެޑްވެންޗަ، ސަގާފީ އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ތަފާތު ތަޖުރިބާތަކެވެ. މި ފެއާއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ދިވެހި ކެއުންތައް ރަހަ ބެލުމާއި، ނަސީބުވެރި ފަރާތަކަށް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތެއްވެސް ދޭނެ އެވެ.
ފާއިތުވެދިޔަ އަހަރު ސްޕެއިނުން 47،835 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ.