ގައުމީ އެއާލައިން -- މޯލްޑިވިއަން ހިންގާ ކުންފުނި -- އައިލޭންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް)ގެ ޗެއާމަންގެ މަގާމަށް އަހްމަދު ޝަފީއު އައްޔަންކޮށްފި އެވެ.
ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޝަފީއު މީގެކުރިންވެސް ވަނީ އައިއޭއެސްގެ ޗެއާމަންގެ މަގާމު އަދާކުރައްވާ އެވެ. އެއީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖެނުއަރީ 2014 އިން ނޮވެމްބަރު 2018ގެ ނިޔަލަށެވެ.
މީގެއިތުރުން އަހްމަދު ޝަފީއު ވަނީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންގެ ވެރިކަމުގައި ފިޝަރީޒް މިނިސްޓަރުކަންވެސް ކުރައްވާފަ އެވެ.
އައިއޭއެސްގެ ޗެއާމަންގެ މަގާމަށް ޝަފީއު އައްޔަންކޮށްފައިވާ ކަމަށް އިއުލާންކޮށް އެ ކުންފުނިން ވަނީ މަރުހަބާވެސް ކިޔާފަ އެވެ.