ދުނިޔެ

ޔުކްރޭނަށް އެހީދިނުން އެމެރިކާއިން ހުއްޓާލައިފި

ޔުކްރޭނަށް އެހީދިނުން އެމެރިކާއިން ހުއްޓާލައިފި އެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވި ގޮތުން އެހީ ހުއްޓާލީ ކުރިއަށް އޮތް 90 ދުވަހަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން މިއީ އެމެރިކާއިން އެހީދޭ ގައުމުތަކާއި ދާއިރާތައް އޮޑިޓްކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި އަމުރާ ގުޅިގެން ގެނައި ބަދަލެކެވެ. ބައިނަލްއަގްވާމީ އެހީގެ ގޮތުގައި އެމެރިކާއިން ހޭދަކުރާ މިންވަރު އަންދާޒާކުރައްވާނެ ކަމަށް ޓްރަމްޕް އޮތީ ކުރިންވެސް ވިދާޅުވެފަ އެވެ.

މާކޯ ރޫބިއޯއާ ހަވާލާދީ އެމެރިކާގެ އޮންލައިން މަޖައްލާ ޕޮލިޓިކޯއިން ބުނި ގޮތުން އެހީތައް ހުއްޓާލަން ޚާރިޖީ ވުޒާރާއިން ނިންމި ނިންމުން ތަންފީޒުކުރުމަށް އެމެރިކާ ބައިވެރިވާ ދުނިޔޭގެ ހުރިހާ ޖަމިއްޔާތަކަށް ވެސް ވަނީ އަންގާފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާއިން އެހީގެ ގޮތުގައި ހޭދަކުރާ މިންވަރު ކޮންޓްރޯލްކުރަން ޓްރަމްޕް އަމުރުކުރެއްވި ނަމަވެސް، ޔުކްރޭނަށް އެހީދިނުން ހުއްޓާލުމަކީ ކަމުދާ ކަމެއް ނޫން ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ.

ޔުކްރޭން އަކީ އެމެރިކާގެ މަސްލަހަތު އޮތް ގައުމަކަށް ވެފައި އަދި ޔުކްރޭނަށް އެހީ ހުއްޓާލުމުން ރަޝިއާއިން ޔުކްރޭނަށް ފެތުރިގަތުމަކީ އޮތް ބިރެކެވެ. އެމެރިކާއިން އެހީ ނުދިން ނަމަ، ޔުކްރޭން މިހާރު އޮންނާނީ ރަޝިއާ އަތްދަށުގައި ކަމަށްވެސް ޓްރަމްޕް ސަކުރާކުރެގެ އޮފިޝަލުން ވިދާޅުވެ އެވެ.

އެމެރިކާގެ ދިފާއީ އިދާރާ ޕެންޓަގަންއާ ހަވާލާދީ ނޫސްތަކުން ބުނާ ގޮތުން، ޔުކްރޭނަށް ދޭ އެހީތަކުން މަޑުޖައްސާލީ ހަނގުރާމައަށް ކުރާ ބޮޑެތި ހޭދަތަކެވެ. ނަމަވެސްަ، ޔުކްރޭންގެ ރައްކާތެރިކަމަށް އެމެރިކާ ހޭދަކުރާނެ ކަމަށް ޕެންޓަގަނުން ބުނެ އެވެ.

ބޭޜު ގައުމުތަކަށް އެހީދިނުމާ ބެހޭ ގޮތުން ސްޓޭޓް ޑިޕާޓަށް ޓްރަމްޕް ދެއްވި އިރުޝާދުގައި މިސްރަށާއި އިޒުރޭލަށް ދޭ އެހީ ކަނޑާލަން އަންގާފައި ނުވާ ކަމަށް ޕޮލިޓިކޯއިން ބުނެ އެވެ. އަދި މި ކަމަށް ވަކި ސަބަބެއް ވިދާޅުވެފައި ނުވާ ކަމަށްވެސް ވަނީ ބުނެފަ އެވެ.

ޔޫއެސްއެއިޑާ ހަވާލާދީ ރޮއިޓާސް ބުނާ ގޮތުން ސްކޫކްތަކަށާޢި ސިއްހީ މަރުކަޒުތަަކަށް -- ދުނިޔެއަށް އަލަށް ފެންނަ ބަލިތަކަށް ފަރުވާދޭ ސެންޓަރުތަކަށް ދޭ އެހީތައް މަޑުޖައްލާށް ވެސް ޓްރަމްޕް ވަނީ އަންގަވާފަ އެވެ.