ފުވައްމުލައް

މަސްތުވާތަކެއްޗާ އެކު ފުވައްމުލަކުން ހައްޔަރުކުރި މީހާ ދޫކޮށްލައިފި

ކަނޑުމަގުން ފުވައްމުލަކަށް އެތެރެކުރި ޑްރަގް ފޮށިގަނޑަކާ އެކު ހައްޔަރުކުރި އަންހެން މީހާ ދޫކޮށްލައިފި އެވެ.

މިމައްސަލައިގެ ތުހުމަތުގައި މިއަދު ހައްޔަރުކުރީ 40 އަހަރުގެ ދިވެހި އަންހެނެކެވެ. އެކަމަކު އެ މީހާގެ ވަނަވަރު ފުލުހުން ހާމައެއް ނުކުރެ އެވެ.

މި އަންހެން މީހާ ހައްޔަރުކުރީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުވައްމުލަކުގައި ހިންގި އޮޕަރޭޝަނެއްގައި އެ ރަށަށް ދިޔަ ކަނޑު ބޯޓަކުން ގެންދިޔަ ފޮށިގަނޑެއް ބަލައި އަންހެން މީހާ ދިޔަ ވަގުތު އޭނާގެ ހާޒިރުގައި ފޮށިގަނޑު ބަލައި ފާސްކުރުމަށްފަހު އެވެ.

ފުލުހުން މިރޭ ބުނީ މިމައްސަލައިގައި ހައްޔަރުކުރި އަންހެން މީހާ ދޫކޮށްލީ އޭނާއަށް ތުހުމަތުކުރެވުނު ކުށާ އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަން ޔަގީންކުރެވިފައިވާތީ ކަމަށެވެ.