ޓެކްނޯލޮޖީ

އަގު ހެޔޮ، އައިފޯން އެސްއީ އެޕަލްއިން ދައްކާލައިފި

ވަރުގަދަ ފީޗާތަކަކާ އެކު އެޕަލް ކުންފުނީގެ އާ ފޯން އައިފޯން އެސްއީ އެޕަލްއިން ދައްކާލައިފިއެވެ. އެ ފޯން ބާޒާރަށް ނެރޭނީ މި މަހުގެ 31ގަ އެވެ.

"ލެޓް އަސް ލޫޕް ޔޫ އިން" ގެ ނަމުގައި ކެލެފޯނިޔާގައި ހުންނަ އެޕަލްގެ މައި އިދާރާގައި ބޭއްވި ހާއްސާ ހަފްލާގައި ދައްކާލި އައިފޯން ފައިއެސްއީ އަކީ އައިފޯން 5އެސް އަދި 5ސީ ގެ ފަހުން ބާޒާރަށް ނެރޭ 4 އިންޗީގެ ފުރަތަމަ ފޯނެވެ. އެޕަލްގެ ފުރަތަމަ ޕްރޮޑަކްޓްގެ ގޮތުގައި ނެރުނު މި އާ އައިފޯންގައި 12 މެގަޕިކްސެލްގެ ކެމެރާއެއް ވަނީ ހިމެނެއެވެ. އެޕަލްއިން ބުނާ ގޮތުގައި މި ފޯންގައި ހިމެނިގެންދާނެ ގިނަ ފީޗާސް ތަކަކީ އެޕަލް އިން މީގެ ކުރިން ނެރުނު އައިފޯން 6އެސް ގެ ފީޗާސްތަކެވެ. އެގޮތުން މި ފޯންގައި ފައިވް އެސްއަށް ވުރެ ދެ ގުނަ ހަލުވި، 64 ބިޓްގެ އޭ9 މައިކްރޯޕްރޮސެސާ އަކާއި އެމް9 މޯޝަން ކޯރޯޕްރޮސެސާއެއް ވަނީ ހިމަނައިފަ އެވެ. މިފޯނުން 4ކޭ ވީޑިއޯ ކުރުމުގެ ގާބިލްކަން ވެސް ވަނީ ދީފަ އެވެ.

މިފޯންގެ ކުލަތަކަކީ ރޯސް ގޯލްޑްގެ އިތުރަށް، ސިލްވާ އާއި ގޯލްޑް އަދި ކަޅު ކުލަ އެވެ.

މި ފޯންގެ އޯޑަރުތައް ނަގަން ފަށާނީ މިމަހު 24ވަނަ ދުވަހުން ފެށިގެންނެވެ. މި ފޯން ވިއްކުމަށް ހަމަޖެހިފައިވަނީ 16 ޖީބީ 399 ޑޮލަރަށް އަދި 64 ޖީބީ 499 ޑޮލަރަށެވެ.

މިފޯންގެ އިތުރުން އެޕަލް އިން ވަނީ 9.7 އިންޗީގެ އައިޕެޑް ޕްރޯވެސް ދައްކާލައިފައެވެ. މި އައިޕެޑް ޕްރޯ އާއި އެކު ސްމާޓް ކީބޯޑަކާއި ފަންސުރެއްވެސް ވަނީ ނެރެފަ އެވެ. އައިޕެޑް ޕްރޯގައިވެސް އޭ9ގެ މައިކްރޯޕްރޮސެސާއެއްގެ އިތުރުން 4 ސްޕީކަރެއްވެސް ހިމެނޭނެއެވެ.

އައިޕެޑް ޕްރޯވެސް ބާޒާރަށް ނެރެން ހަމަޖެހިފައިވަނީ މިމަހުގެ 31 ވަނަ ދުވަހުއެވެ. އަދި ޕްރީއޯޑާ ކުރުމުގެ ފުރެސަތު އެޕަލް އިން މިމަހު 24ވަނަ ދުވަހު ހުޅުވާލާނެއެވެ. އެގޮތުން އައިޕެޑް ޕްރޯވެސް ނެރޭނީ އައިފޯން 5އެސްއީ އާ އެއްކޮށެވެ. އައިޕެޑް ޕްރޯ ވިއްކުމަށް ހަމަޖެހިފައިވަނީ 32 ޖީބީ 599 ޑޮލަރަށާއި 128 ޖީބީ 749 ޑޮލަރަށް އަދި 256 ޖީބީ 899 ޑޮލަރަށެވެ.

މިރޭ ބޭއްވި އިވެންޓުގައި އެޕަލްއިން ވަނީ އައިއޯއެސް 9.3 ވެސް އިއުލާން ކޮއްފައެވެ. މި އައިއޯއެސް އިން ރޭގަނޑު ވުމުން ޑިވައިސް ޑިސްޕްލޭގެ ނޫކުލަ މަޑުކޮއްދެއެވެ. ހަމައެގޮތުން މި އައިއޯސްގެ އެހީގައި އެޕަލްގެ ނޯޓްސްގެ އެޕްގެ ބޯނުން ނޯޓްސް ތަކެއްގައި ޕާސްވޯޑް ޖަހާލެވޭނެއެވެ. އައިޕެޑް ޕްރޯގެ ވެސް ރޯސް ގޯލްޑް ކުލަ ބާޒާރަށް ނެރެން އެޕަލް އިން ވަނީ ނިންމާފައެވެ.

އޭގެ އިތުރުން އެޕަލް ވޮޗްގެ ބޭންޑަށް ވަނީ ބަދަލުތަކެއް ގެނެސް ހަތަރު ކުލައެއްގެ ބޭންޑް ހިމެނޭ ގަޑިތަކެއްވެސް ދައްކާލައިފައެވެ. އެޕަލް ކެއާ ކިޓް ގެ ނަމުން މިރޭ ވަނީ މީހާގެ ސިއްހީ ހާލަތު ދެނެގަނެވޭ އެޕްލިކޭޝަނެއް ވެސް ނެރެފައެވެ.