އުރީދޫ

އުރީދޫއިން ދޭ "ހޮންޑާ ރިބެލް" ސައިކަލުގެ ނަސީބުވެރިއަކަށް އަފްރާ

Jan 25, 2025

އުރީދޫ މޯލްޑިވްސް އިން ކުރިއަށް ގެންދިޔަ ސައިކަލު ލިބޭ ޕްރޮމޯޝަންގެ އެންމެ އަގުހުރި އިނާމު -- ހޮންޑާ ރިބެލް 300 (ކަޅު) ގެ ނަސީބުވެރިޔަކަށް ހޮވުނު އިބްރާހީމް އަފްރާއާ އިނާމު ހަވާލުކޮށްފި އެވެ.

މި ޕްރޮމޯޝަނުގެ އެންމެ އަގުހުރި އިނާމު -- ހޮންޑާ ރިބެލްގެ ނަސީބުވެރިޔަކަށް ހޮވުނު އިބްރާހީމް އަފްރާއާ އިނާމު ހަވާލުކުރީ ހުޅުމާލޭ ރުއްގަނޑުގައި ބޭއްވި ކުލަގަދަ ޝޯއެއްގަ އެވެ.

އުރީދޫގެ މި ޕްރޮމޯޝަން ކުރިއަށް ދިޔައީ މިދިޔަ ޑިސެމްބަރު 31 ގެ ނިޔަލަށެވެ.

ކަސްޓަމަރުންނަށް ކޮންމެ ތިން ދުވަހަކުން ސައިކަލެއް ކާމިޔާބު ކުރުމުގެ ފުރުސަތު ލިބުނު މި ޕްރޮމޯޝަންގައި އުރީދޫގެ 30 ކަސްޓަމަރަކަށް 30 ސައިކަލު ވަނީ ދޫކޮށްފަ އެވެ.

ޕްރޮމޯޝަންގައި ލިބުނު ސައިކަލުތައް

  • އެއާ ބްލޭޑް 125 - ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ)
  • އެއާ ބްލޭޑް 160 - ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ)
  • ޕީސީއެކްސް160 (ކަޅު ކުލަ)

މި ޕްރޮމޯޝަން ކުރިއަށް ގެންދިޔައީ 30 ދުވަހުގެ ތެރޭގައި 250 ރުފިޔާއަށް ވުރެ މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރާ އުރީދޫގެ ކަސްޓަމަރުންނާއި އުރީދޫ އާ އަލަށް ގުޅޭ ކަސްޓަމަރުން ހިދުމަތް ބޭނުންކުރުމަށް 400 ރުފިޔާ އިން މަތިން ބިލް ދައްކާ، ރީޗާޖުކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރާ ކަސްޓަމަރުންނާއި އުރީދޫގެ އެކްޓިވް ކަސްޓަމަރުންގެ މެދުގަ އެވެ.

މި ޕްރޮމޯޝަނަކީ އުރީދޫގެ 5ޖީ ލިބޭ ކެމްޕެއިންގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކަށް ހަލުވި ސްޕީޑާއި ލެޓެންސީ ދަށްކޮށް، ކަނެކްޓިވިޓީ އިތުރުކޮށްދޭ އުރީދޫގެ ޒަމާނީ 5ޖީ ޓެކްނޮލޮޖީ ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެކެވެ.

އުރީދޫ މޯލްޑިވްސް އަކީ ރާއްޖޭގެ 60 އިންސައްތަ ކަވަރުކުރާ ރާއްޖޭގެ އެންމެ ވަރުގަދަ އަދި އެންމެ ބޮޑު 5ޖީ ނެޓްވޯކެވެ.