ސްޕެނިޝް ލަލީގާގައި ކުޅުނު މެޗުން ބާސެލޯނާއިން ވެލެންސިއާ އަތުން ތަފާތު ބޮޑު މޮޅެއް ހޯދައިފި އެވެ.
މި މެޗުގައި ބާސެލޯނާއިން ވަނީ ވެލެންސިއާ ކޮޅަށް 4 ގޯލް ޖަހާފަ އެވެ. ވެލެންސިއާ އަށް ޖެހުނީ ދެ ގޯލެވެ.
މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާއިން ވަނީ ދެ ގޯލު ޖަހާފަ އެވެ. މި ދެ ގޯލުގެ ތެރެއިން ފުރަތަމަ ގޯލު ޖެހީ ރަފިންހާ އެވެ. އަދި ދެވަނަ ގޯލު ޖެހީ ރޮބާޓް ލެވަންޑޮވްސްކީ އެވެ.
ދެވަނަ ހާފުގައި ވެސް ބާސެލޯނާގެ ފަރާތުން އިތުރު ދެ ގޯލު ޖަހާފައިވެ އެވެ. މި ދެ ގޯލުގެ ތެރެއިން އެއް ގޯލު ޖެހީ ރަފިންހާ އެވެ. އަދި އަނެއް ގޯލު ޖެހީ ފެރަން ޓޮރެސް އެވެ.
ވެލެންސިއާގެ ފަރާތުން މެޗުގެ ދެވަނަ ހާފުގައި ޖެހި ދެ ގޯލުގެ ތެރެއިން އެއް ގޯލު ޖެހީ ހުގޯ ގުއިލަމޯން އެވެ. އަދި އަނެއް ގޯލު ޖެހީ ޖޯސެޕް ގާޔާ އެވެ.
މި މޮޅާއެކު ބާސެލޯނާ ވަނީ ލީގުގެ ޕޮއިންޓު ތާވަލުގައި ދެވަނައަށް އަރާފަ އެވެ. އަދި ވެލެންސިއާ އޮތީ 10 ވަނައިގައެވެ.