ތިނަދޫ ސިޓީ ކައުންސިލަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަދެއްޖެ އެވެ.
ތިނަދޫ ސިޓީ ކައުންސިލުން ބުނީ އޭސީސީގެ ނަމުގައި އައި ބަޔަކު އެ ކައުންސިލްގެ ގިނަ އަދަދެއްގެ ތަކެތި "ވަގަށް" ނަގާފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހަޅައި ބަލަމުންދާތީ ކައުންސިލްގެ ބައެއް ހިދުމަތްތައް މެދުކެނޑިފައިވާ ކަމަށްވެސް ތިނަދޫ ސިޓީ ކައުންސިލުން ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން އޭސީސީ އިން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ. މިމައްސަލައިގައި ތިނަދޫ ކައުންސިލުން އިތުރަށް ވާހަަކައެއް ނުދައްކަ އެވެ.
އޭސީސީ އިން ތިނަދޫ ސިޓީ ކައުންސިލަށް ވަދެފައިވާއިރު އެ ކައުންސިލުން ކުރިއަށް ގެންދިޔަ ތަރައްގީގެ ބައެއް މަޝްރޫއުތައް ވަކި ބަޔަކަށް މަންފާ ލިބޭ ގޮތަށް ކުރިއަށް ގެންދިޔަ ކަމަށް ސޯޝަލް މީޑިއާގައި ބައެއް މީހުން ތުހުމަތުކޮށްފައިވެ އެވެ.