ތިނަދޫ ސިޓީ ކައުންސިލުން "ވައްކަން" ކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ތިނަދޫ ސިޓީ ކައުންސިލަށް އޭސީސީ އިން ވަތްވަނުން އެއީ "ވައްކަމެއް" ގެ ގޮތުގައި އެ ކައުންސިލުން ވަނީ ސިފަކޮށްފަ އެވެ.
އެ ގޮތުން ތިނަދޫ ސިޓީ ކައުންސިލުން ބުނީ އޭސީސީގެ ނަމުގައި އައި ބަޔަކު އެ ކައުންސިލްގެ ގިނަ އަދަދެއްގެ ތަކެތި "ވަގަށް" ނަގާފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުންނަށް ހުށަހެޅީ ތިނަދޫ ސިޓީ ކައުންސިލުންނެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ ތިނަދޫ ސިޓީ ކައުންސިލުން ވައްކަން ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިއަދު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
"މިހާތަނަށް ބެލި ބެލުމުން އެފަދަ ކަމެއް ހިންގާފައިވާ ކަމަކަށް ނުބެލެވޭ،" ފުލުހުން ބުނެފައިވެ އެވެ.

ނަމަވެސް، ފުލުހުން ވަނީ މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން ގެންދާ ކަމަށް ބުނެފަ އެވެ.
މިކަމާ ގުޅޭ ގޮތުން އޭސީސީ އިން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ. މިމައްސަލައިގައި ތިނަދޫ ކައުންސިލުން އިތުރަށް ވާހަަކައެއް ނުދައްކަ އެވެ.
އޭސީސީ އިން ތިނަދޫ ސިޓީ ކައުންސިލަށް ވަދެފައިވާއިރު އެ ކައުންސިލުން ކުރިއަށް ގެންދިޔަ ތަރައްގީގެ ބައެއް މަޝްރޫއުތައް ވަކި ބަޔަކަށް މަންފާ ލިބޭ ގޮތަށް ކުރިއަށް ގެންދިޔަ ކަމަށް ސޯޝަލް މީޑިއާގައި ބައެއް މީހުން ތުހުމަތުކޮށްފައިވެ އެވެ.