ދުނިޔެ

އިޒުރޭލުު ސިފައިން ސީރިއާގެ ޖަބަލުއްޝައިޚްގައި މުދައްތެއް ނެތް ގޮތަށް ދެމިތިބޭނެ: އިޒުރޭލު

ސީރިއާގައި އޮތް ބައްޝާރުލް އަސަދުގެ ވެރިކަން ވެއްޓުމާ ދިމާކޮށް ސީރިއާއަށް ވަދެގަތް އިޒުރޭލު ސިފައިން ވަކި މުއްދަތެއް ނެތް ގޮރަށް، ސީރިއާގެ ޖަބަލުއްޝައިޚްގައި ދެމިތިބޭނެ ކަމަށް އިޒުރޭލުން ބުނެފި އެވެ.

އިޒުރޭލުގެ ދިފާއީ ވަޒީރު، އިސްރާއީލް ކަޒް ވިދާޅުވި ގޮތުގައި ސީރިއާގައި އިޒުރޭލާ ވީ ފަރާތުގައި އިޒުރޭލާ ދެކޮޅުވެރި އެއްވެސް ބަޔަކަށް ގާއިމުނުވެވޭނެ އެވެ. އަދި އިޒުރޭލުގެ ބާރު ނެތް ތަނެއްގެ ގޮތުގައި އެ ސަރަހައްދު ދޫކޮށްނުލެވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޖަބަލުއްޝައިޚް ފަރުބަދަމަތީ އެންމެ އުހުގައި ތިބޭއިރު، ސީރިއާގެ ވެރިރަށް ދިމިޝްގައި ހިނގާ ކަންތައްތައް ފެންނަ ކަމަށް ޚަބަރުތައް ބުނެ އެވެ. އަދި މުޅި ސަރަހައްދު ވަށައިގެން -- ގޯލާންގެ އުސް ބިންތަކުގައި ހިނގާ ހަރަކާތްތައް ފެންނަ ކަމަށްވެސް ވެއެވެ.

އަސަރުގެ ސަރުކާރު ވެއްޓުމާ ދިމާކޮށް އިޒުރޭލު ސިފައިން ވަނީ ގޯލާންގެ އުސް ބިންތައް ދޫކޮށް ސީރިއާ ތެރެއަށް ޖެހިފަ އެވެ. އަދި ގޯލާންގެ އުސް ބިންތަކުން ފެށިގެން އޮންނަ -- ހަތިޔާރު ގެންގުޅުން މަނާ ބަފާޒޯނުން ވެސް ބޮޑު ބައެއް ހިފާފަ އެވެ.

މި ސަރަހައްދަކީ މީގެ ކުރިން ތުރުކީ އާއި އދ ގުޅިގެން ސުލްހަ ބެލެހެއްޓި ސަރަހައްދެކެވެ. ނަމަވެސް، އިޒުރޭލު ސިފައިން ވަދެގަތުމުން އދއަށް އޮތް ބާރު ވަނީ ގެއްލިފަ އެވެ.

އިޒުރޭލުގެ އަސްކަރިއްޔާއިން ސީރިއާ ތެރެއަށް ވަދެގަނު ބިމުން ބޮޑު ބައެއް ހިސާރުކުރުމަކީ ދުނިޔެ ދަންނަ ހުރިހާ ގާނޫނަކާ ޚިލާފު ކަމެއް ނަމަވެސް، ޔަހޫދީން ބުނަނީ އެ ތަނުން ނުފައިބާނެ ކަމަށެވެ.