ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމަށް ބޭފުޅަކު ހަމަޖައްސައިފި އެވެ.
އެ މަގާމަށް ހަމަޖައްސާފައިވަނީ މުހައްމަދު އާރިފް އެވެ.
އާރިފްއާ އެކު ފެނަކައިގައި އިތުރު ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކުވެސް ހުންނަވަ އެވެ، އެއީ މުހައްމަދު އަބްދުލްކަރީމް އެވެ.
ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ އާރިފް ހަމަޖައްސާފައި މިވަނީ ކުރިން އެ މަގާމުގައި ހުސައިން ޒުހުރީ މި މަހުގެ ކުރީކޮޅު މަގާމުން އިސްތިއުފާ ދެއްވާފައި ވަނިކޮށެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މިސަރުކާރުން އެންމެ ފުރަތަމަ އައްޔަންކުރެއްވި މަޑަވެލި ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުއާޒު މުހައްމަދު ރަޝީދު ވެސް ވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. މުއާޒުގެ ބަދަލުގައި އެ މަގާމަށް މިހާރު ވަނީ މޭޖާ ރިޓަޔާޑް މުހައްމަދު ނަޖާހު ހަމަޖައްސާފަ އެވެ.