ބޯހިޔާވަހިކަން

57 ރަށެއްގައި 12،000 އަށްވުރެ ގިނަ ހައުސިން ޔުނިޓު އިމާރާތްކުރާނެ ބަޔަކު ހޯދަނީ

ޑިޒައިން އެންޑް ބިލްޑް އުސޫލުން ރާއްޖޭގެ 57 ރަށެއްގައި 12،000 އަށްވުރެ ގިނަ ހައުސިން ޔުނިޓު އިމާރާތްކުރާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު އިއުލާނުކުރި ގޮތުގައި މި މަޝްރޫއުގެ ދަށުން އިއުލާނުކުރާ ކޮންޓްރެކްޓްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދާނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) އާއި ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެންސީބީ) އުސޫލުތަކާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ބާބު 10 ގައި ބަޔާންކުރާ ހަމަތަކުގެ މަތިންނެވެ.

މި މަޝްރޫއުގެ ދަށުން އެކި ރަށްރަށުގައި 30 ހައުސިން ޔުނިޓުން ފެށިގެން 2،000 ހައުސިން ޔުނިޓާ ހަމައަށް ހައުސިން ޔުނިޓް އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ ގޮތުން ހައުސިން ޔުނިޓްތައް އިމާރާތްކުރަނީ ހަތަރު ކެޓަގަރީއަކަށް ބަހާލައިގެންނެވެ.

ހައުސިން ޔުނިޓް އިމާރާތްކުރާ ރަށްތަކާއި ކެޓަގަރީތައް

ކެޓަގަރީ 1 - 50 އަދި 50 އިން ދަށުގެ ހައުސިން ޔުނިޓް އިމާރާތްކުރާ ރަށްތައް

  • އދ. ދިގުރަށް - 30 ހައުސިން ޔުނިޓް
  • ހއ. ކެލާ - 50 ހައުސިން ޔުނިޓް
  • ހއ. އުތީމު - 50 ހައުސިން ޔުނިޓް
  • ހދ. ކުރިނބީ - 50 ހައުސިން ޔުނިޓް
  • ށ. ކޮމަންޑޫ - 50 ހައުސިން ޔުނިޓް
  • ނ،. މަނަދޫ - 50 ހައުސިން ޔުނިޓް
  • ނ. މިލަދޫ - 50 ހައުސިން ޔުނިޓް
  • ރ. އިންނަމާދޫ - 50 ހައުސިން ޔުނިޓް
  • ރ. ރަސްމާދޫ - 50 ހައުސިން ޔުނިޓް
  • ޅ. ކުރެންދޫ - 50 ހައުސިން ޔުނިޓް
  • ކ. ގޮއިދޫ - 50 ހައުސިން ޔުނިޓް
  • މ. ކޮޅުފުށި - 50 ހައުސިން ޔުނިޓް
  • ތ. ހިރިލަންދޫ - 50 ހައުސިން ޔުނިޓް
  • ގއ. ގެމަނަފުށި - 50 ހައުސިން ޔުނިޓް
  • ގއ. ކޮލަމާފުށި - 50 ހައުސިން ޔުނިޓް
  • ގދ. ހޯޑެއްދޫ - 50 ހައުސިން ޔުނިޓް
  • ގދ. ފަރެސްމާތޮޑާ - 50 ހައުސިން ޔުނިޓް
  • ގދ. ފިޔޯރި - 50 ހައުސިން ޔުނިޓް

ކެޓަގަރީ 2 - 51 - 150 އާ ދެމެދުގެ ހައުސިން ޔުނިޓް އިމާރާތްކުރާ ރަށްތައް

  • ހދ. ނެއްލައިދޫ - 60 ހައުސިން ޔުނިޓް
  • މ. ދިއްގަރު - 75 ހައުސިން ޔުނިޓް
  • ހއ. އިހަވަންދޫ - 100 ހައުސިން ޔުނިޓް
  • ހދ. މަކުނުދޫ - 100 ހައުސިން ޔުނިޓް
  • ނ. ކެނދިކުޅުދޫ - 100 ހައުސިން ޔުނިޓް
  • ރ. މަޑުއްވަރި - 100 ހައުސިން ޔުނިޓް
  • ރ. އިނގުރައިދޫ - 100 ހައުސިން ޔުނިޓް
  • ބ. ތުޅާދޫ - 100 ހައުސިން ޔުނިޓް
  • ޅ. ހިންނަވަރު - 100 ހައުސިން ޔުނިޓް
  • ތ. ވިލުފުށި - 100 ހައުސިން ޔުނިޓް
  • ގދ. ގައްދޫ - 100 ހައުސިން ޔުނިޓް
  • ސ. މަރަދޫ - 100 ހައުސިން ޔުނިޓް
  • ސ. މަރަދޫފޭދޫ - 100 ހައުސިން ޔުނިޓް
  • ސ. ހުޅުދޫ - 100 ހައުސިން ޔުނިޓް
  • ސ. މީދޫ - 100 ހައުސިން ޔުނިޓް
  • ށ. ފޯކައިދޫ - 150 ހައުސިން ޔުނިޓް
  • އދ. މަހިބަދޫ - 150 ހައުސިން ޔުނިޓް

ކެޓަގަރީ 3 - 200 - 250 އާ ދެމެދުގެ ހައުސިން ޔުނިޓް އިމާރާތްކުރާ ރަށްތައް

  • ހއ. ދިއްދޫ - 200 ހައުސިން ޔުނިޓް
  • ހއ. ހޯރަފުށި - 200 ހައުސިން ޔުނިޓް
  • ށ. މިލަންދޫ - 200 ހައުސިން ޔުނިޓް
  • ރ. ދުވާފަރު - 200 ހައުސިން ޔުނިޓް
  • ފ. ނިލަންދޫ - 200 ހައުސިން ޔުނިޓް
  • ދ. މީދޫ - 200 ހައުސިން ޔުނިޓް
  • ގދ. މަޑަވެލި - 200 ހައުސިން ޔުނިޓް
  • ސ. ފޭދޫ - 200 ހައުސިން ޔުނިޓް
  • ގއ. ވިލިނގިލި - 225 ހައުސިން ޔުނިޓް
  • ހދ. ނޮޅިވަރަންފަރު - 250 ހައުސިން ޔުނިޓް

ކެޓަގަރީ 4 - 300 އިން މަތީގެ ހައުސިން ޔުނިޓް އިމާރާތްކުރާ ރަށްތައް

  • މ. މުލި - 300 ހައުސިން ޔުނިޓް
  • ޅ. ނައިފަރު - 400 ހައުސިން ޔުނިޓް
  • ހދ. ހަނިމާދޫ - 500 ހައުސިން ޔުނިޓް
  • ރ. އުނގޫފާރު - 500 ހައުސިން ޔުނިޓް
  • ދ. ކުޑަހުވަދު - 500 ހައުސިން ޔުނިޓް
  • ލ. ގަން - 500 ހައުސިން ޔުނިޓް
  • ލ. ފޮނަދޫ - 500 ހައުސިން ޔުނިޓް
  • ގދ. ތިނަދޫ - 500 ހައުސިން ޔުނިޓް
  • ޏ. ފުވައްމުލަށް - 500 ހައުސިން ޔުނިޓް
  • ސ. ހިތަދޫ - 500 ހައުސިން ޔުނިޓް
  • ކ. ތުލުސްދޫ - 550 ހައުސިން ޔުނިޓް
  • ހދ. ކުޅުދުއްފުށި - 2،000 ހައުސިން ޔުނިޓް

ފިނޭންސް މިނިސްޓްރީން ބުނީ ޕްރީ-ކޮލިފިކޭޝަން ޕްރޮސެސްއެއް މެދުވެރިކޮށް އޯޕަން ނޭޝަނަލް އަދި އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންއަށް ހުޅުވާލެވޭ ކޮންޓްރެކްޓްތަކަށް ހާއްސަ ޕްރޮކިއުމަންޓް ނޯޓިސްތައް އަންނަ މަހު އިއުލާނުކުރާނެ ކަމަށެވެ.