ދުނިޔެ

ޣައްޒާ ރައްޔިތުން ރަށުން ބޭރުގައި ވަޒަރަންވެރިވާން މަޖުބޫރު ނުކުރާނަށް: ސީސީ

ޣައްޒާގެ އާންމު ރައްޔިތުން އެ މީހުންގެ އިހުސާސްތަކާ ދެކޮޅަށް ރަށުން ބޭރުގައި ވަޒަންވެރިކުރުވަން މިސްރުން މަޖުބޫރުނުކުރާނެ ކަމަށް އެ ގައުމުގެ ރައީސް އަބްދުލް ފައްތާހް އައްސީސީ ވިދާޅުވެއްޖެ އެވެ.

ޣައްޒާގެ ރައްޔިތުންނަށް ލިބިފައި އޮތް އަމިއްލަވަންތަކަމުން މަހުރޫމްކުރުވަން ބައިވެރިއެއްގެ ދައުރު މިސްރު އަދާނުކުރާމެ ކަމަށްވެސް ސީސީ ވިދާޅުވި އެވެ.

ފަލަސްތީނަށް ދެރަ ހާލުޖެއްސުމާއި ބިކަކުރުމަކީ މިސްރުގެ މަގާމެއް ނޫން ކަމަށްވެސް ސީސީ ވިދާޅުވި އެވެ. އާންމު ރައްޔިތުން ގެދޮރުން ބޭރުކޮށް މިސްރަހަށް ފެންނަހާ ގޮތަކަށް އަމަލުކުރުމަކީ ގާހިރާގެ ވިސްނުން ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާއާ އެކު ބައިނަލްއަގްވާމީ މަޝްރަހުގައި މަސައްކަތްކުރުމަކީ އަދި ރައީސް ޑޮނަލްޑް ޓްރަމްޕަށް އެއްބާރުލުން ދެއްވުމަކީ މިސްރުގެ ވިސްނުން ކަމަށާއި އެ އަމާޒުން މިސްރު ފޭވެގެން ނުދާނެ ކަމަށްވެސް މިސްރުގެ ރައީސް ވިދާޅުވި އެވެ.

މެދުއިރުމަތި އެ އޮތީ ބާރުގަދަ ބަޔަކު ހިސާރުކޮށްފައި ކަމަށް ސީސީ ވިދާޅުވި އެވެ. މެދުއިރުމަތިން ޔަހޫދީންގެ ވަކިތައް ނައްޓުވައި ފަލަސްތީން މިނިވަންކުރުމުގެ ބާރު އޮތް ހަމައެކަނި ގައުމަކީ އެމެރިކާ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ސީސީ ވިދާޅުވި އެވެ.

"ޑޮނަލްޑް ޓްރަމްޕް އަކީ މިވަގުތު އެމެރިކާގެ ރައީސް" ސީސީ ވިދާޅުވި އެވެ. "ފަލަސްތީން މިނިވަންކުރުމުގެ ހިތްވަރު ޓްރަމްޕްގެ ހުންނާނެ" ކަމަށްވެސް މިސްރުގެ ރައީސް ވިދާޅުވި އެވެ.

އަބްދުލް ފައްތާހް އައްސީސީ މި މޭރުމުން ވާހަކަދެއްކެވި ސަބަބަކީ، ޣައްޒާގެ އާންމު ރައްޔިތުން މިސްރަށާއި އުރުދުންއަށް ބަދަލުކުރަން ފެނިވަޑައިގަންނަވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެންނެވެ.

ޓްރަމްޕް ވިދާޅުވި ގޮތުން ޣައްޒާ މިހާރު އެ އޮތީ އިންސާނުން ދިރިއުޅުން ކަމުދާ ހާލުގައެއް ނޫނެވެ. އެތަން ބިނާކުރެވެންދެން ޣައްޒާގެ ރައްޔިތުން ބޭތިއްބުމަށް އެންމެ ރަނގަޅު ތަނަކީ އުރުދުން އަދި މިސްރު ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.

އުރުދުން އާއި މިސްރުގައި ޣައްޒާ ރައްޔިތުން ވަޒަންވެރިކުރުމަކީ ވަގުތީ ގޮތުން އަދި އެންމެ ބޮޑަށް ވައްތަރީ ދާއިމީ ކަމަކަށް ވުން ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕްގެ މި ޚިޔާލަށް ތާއީދު ހޯއްދެވުމަށް އުރުދުންގެ އަބްދުﷲ ރަސްގެފާނަށް ފޯނުކުރައްވައި މަޝްވަރާކުރެއްވި ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އަދި މިސްރުގެ ރައީސް އަބްދުލް ފައްތާހް އައްސީސީއަށް ދަންނަވާނެ ކަމަށްވެސް ޓްރަމްޕް ކުރިން ވިދާޅުވި އެވެ.