މޯލްޑިވިއަން

ޓިކެޓުގެ އަގު ބޮޑެއް ނުކުރަން: މޯލްޑިވިއަން

ރާއްޖޭގެ އެތެރޭގެ ދަތުރުތަކުގެ އަގު ބޮޑު ނުކުރާ ކަމަށް ގައުމީ އެއާލައިން -- މޯލްޑިވިއަން އިން ބުނެފި އެވެ.

މޯލްޑިވިއަންގެ އަގުތައް ބޮޑުކުރި ކަމަށް ދެއްކީ މިއަދު ގައުމީ އެއާލައިންގެ ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލައަށްފަހު އެވެ.

މޯލްޑިވިއަން އިން މިއަދު ބުނީ އެ މައްސަލަ ދިމާވީ ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށާއި މިހާރު މައްސަލަ ހައްލުކުރެވިފައިވާ ކަމަށެވެ.

ޓިކެޓްގެ އަގު ބޮޑުވި ކަމަށް ދެއްކުމުން މޯލްޑިވިއަން އިން ވަނީ އެކަމަށް މައާފަށްވެސް އެދިފަ އެވެ.

މޯލްޑިވިއަން އިން ރާއްޖޭގެ 16 މަންޒިލަކަށާއި ބޭރުގެ ބައެއް ގައުމުތަކަށްވެސް ދަތުރުކުރެ އެވެ.