އަރަބިއްޔާ ސްކޫލުގެ ދަރިވަރަކު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ކިޔެވުމަށް ފަސޭހަ މަގެއް ހޯދައިދީފި އެވެ.
އޭއައި އެޕްލިކޭޝަން އުފެއްދީ އަރަބިއްޔާ ސްކޫލުގެ ގުރޭޑް 11 ގައި ކިޔަވަމުންދާ ދަރިވަރު މުހައްމަދު ތަމީމް އަހްމަދެވެ.
މި އެޕްލިކޭޝަނަކީ އަރަބިއްޔާ ސްކޫލުގެ ސައިންސް ފެއާއަށް ކޯޑްކޮށްގެން އޭނާ ތައްޔާރުކުރި އެޕްލިކޭޝަނެކެވެ.
ތަމީމު ބުނާ ގޮތުގައި މި އެޕްލިކޭޝަނަކީ ހެދުމަށް ތިން މަސް ދުވަސް ވަންދެން އޭނާ ވަނީ މަސައްކަތްކޮށްފަ އެވެ.
ތަމީމުގެ އޭއައި ވޮއިސް އެޕްލިކޭޝަން އަރަބިއްޔާގެ ސައިންސް ފެއާގައި އެންމެ ގިނަ މާކްސް ލިބުމުގެ އިތުރުން މޯސްޓް އިނޮވޭޓިވް ޕްރޮޖެކްޓްގެ ޝަރަފުވެސް ލިބުނެވެ.
ތަމީމުގެ އުއްމީދަކީ ސްކޫލު މަރުހަލާ ނިންމާލުމަށްފަހު މުސްތަގުބަލްގައި ސޮފްޓްވެއާ އިންޖިނިއަރަކަށް ވުމެވެ.