މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ސީއީއޯ އަދި އެމްޑީ މުހައްމަދު ވަޖީހު މަގާމުން ވަކިކޮށްފި އެވެ.
ވަޖީހު، މަގާމުން ވަކިކޮށްފައިވާ ކަމަށް ޕްރައިވެޓައިޒޭޝަން ބޯޑުން ޔަގީންކޮށްދިން ނަމަވެސް ވަކިކުރި ސަބަބެއް ނުބުނެ އެވެ.
އެމްޕީއެލްގެ ސީއީއޯގެ މަގާމަށް ވަޖީހު އައްޔަންކޮށްފައިވަނީ ނޮވެމްބަރު 28، 2023 ގައެވެ.
ވަޖީހު އަކީ މިދިޔަ އަންގާރަ ދުވަހު މަގާމުން ވަކިކުރި ކުރީގެ ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލްއާ އާއިލީ ގޮތުން ގުޅިފައިވާ ބޭފުޅެކެވެ.