އުރީދޫ

އުރީދޫގެ ގޯލްޑަން ފުޓްސަލް ރަނުގެ ފުރުސަތުގެ 2 ނަސީބުވެރިން ހޮވައިފި، އަދިވެސް އަގުހުރި އިނާމުތަކެއް

ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އުރީދޫ މޯލްޑިވްސް އިން ގޯލްޑަން ފުޓްސަލް ރަނުގެ ފުރުސަތުގެ ނަމުގައި ކުރިއަށްގެންދާ ޕްރޮމޯޝަންގައި ދެ ނަސީބުވެރިން ހޮވައިފި އެވެ.

ކޮންމެ ހަފުތާއަކު އަގުހުރި އިނާމެއް ލިބޭގޮތަށް ބާއްވާ ހާއްސަ ލަކީ ޑްރޯގައި ފުރަތަމަ ދެ ނަސީބުވެރިން ހޮވާފައިވާއިރު ކުރިއަށްވެސް ގިނަ އިނާމުތަކެއް ކަނޑައެޅިފައިވާ ކަމަށް އުރީދޫ އިން ބުނެފައިވެ އެވެ.

އުރީދޫ އިން ބުނި ގޮތުގައި މި ލަކީޑްރޯގައި ބައިވެރިވެވޭނީ ހަމައެކަނި ރެހެންދި ޓާފުގައި ބަހައްޓާފައިވާ އުރީދޫ ޓެންޓުން އުރީދޫގެ ހިދުމަތެއް އެކްޓިވޭޓް ކޮށްގެންނެވެ.

އެ ގޮތުން ކަސްޓަމަރުންނަށް ޕޯސްޓްޕެއިޑް، ޕްރީޕެއިޑް ނުވަތަ ސުޕަނެޓް ކަނެކްޝަނެއް އެކްޓިވޭޓްކޮށް، ނުވަތަ އެއާފައިބާ ޕެކޭޖެއް ގަނެގެން ޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުރީދޫ އިން ވަނީ ބުނެފަ އެވެ.

ގޯލްޑަން ފުޓްސަލް ރަނުގޭ ފުރުސަތު ލަކީ ޑްރޯގައި ކޮންމެ ހަފުތާއަކު ވެސް ތަފާތު އިނާމުތައް ލިބިގެންދާނެ އެވެ.

ލަކީ ޑްރޯގެ އިނާމުތައް

  • ސްމާޓް ޓީވީއެއް
  • ރެފްރިޖަރޭޓަރެއް
  • ސޯފާ ސެޓެއް
  • މައިކްރޯވޭވް އަވަން
  • ސްރީލަންކާއަށް ދެ ރިޓާން ޓިކެޓް

ގޯލްޑަން ފުޓްސަލް ޗެލެންޖް މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާއިރު ރެހެންދި ޓާފުގައި ހުންނަ އުރީދޫ ޓެންޓުގައި ހިދުމަތް ދިނުމަށް އުރީދޫގެ ސްޓާފުން ހަރަކާތްތެރިވަމުންދާނެ އެވެ.