މޯލްޑިވްސް ޕޮލިސް ސާވިސް

ރިސޯޓެއްގެ އިސް މަގާމެއްގައި ހުރި މީހަކަށް ހަމަލާދީފި

ރިސޯޓެއްގެ އިސް މަގާމެއްގައި ހުރި މީހަކަށް ހަމަލާދީފި އެވެ.

ފުލުހުން މިއަދު ބުނީ ލ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި، އެ ރިސޯޓުގެ އިސް މަގާމެއް އަދާކުރާ މީހެއްގެ ބޮލުގައި އެއްޗަކުން ޖަހައި މާރާމާރީ ހިންގި މައްސަލައެއް އިއްޔެ ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އޭނާއަށް ހަމަލާ ދިނީ ބައިސްކަލެއްގައި ދަނިކޮށް ފަހަތުން އައި މީހަކު ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް އެއީ ކޮން ރިސޯޓެއް ކަމެއް އަދި މި ހާދިސާގައި އޭނާއަށް ލިބުނު އަނިޔާގެ ތަފުސީލެއްވެސް ފުލުހުން ހާމައެއް ނުކުރެ އެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.