ވިޔަފާރިކުރުމަށްފަހު ސައްހަ ނޫން ޓްރާންސްފާ ސްލިޕެއް ފޮނުވާފައިވާ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން މިއަދު އިއުލާނުކޮށްފި އެވެ.
މި މައްސަލައިގައި ހޯދާ މީހާގެ ވީޑިއޯ އާންމުކޮށް ފުލުހުން ބުނީ އޭނާ ހޯދަނީ މިދިޔަ ޑިސެމްބަރު 27 ވަނަ ދުވަހު ވިލިމާލޭގައި ހުންނަ ސިމިނީ މާޓް ފިހާރައިން ވިޔަފާރިކުރުމަށްފަހު ފައިސާ ޓްރާންސްފާ ކުރިކަމުގެ ސައްހަނޫން ޓްރާންސްފާ ސްލިޕެއް ފޮނުވާފައިވާ މައްސަލައިގައި އޭނާ ދެނެގަނެވިފައިނުވާތީ ކަމަށެވެ.
އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެ މައުލޫމާތު ވިލިމާލޭ ޕޮލިސްއާ ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.
ފޭކް ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރާ މައްސަލަތައް ގިނަވެފައިވާއިރު މިފަދަ ބައެއް ކުށްތައް ސާބިތުވެ ހުކުމްކޮށްފައިވެ އެވެ.