އުތުރުގެ ރަށެއްގެ މީހަކު ފަޅު ރަށަކަށް ކުޑަކުދިންތަކެއް ގެންދިއުމަށްފަހު އެ ކުދިންނަށް ޖިިންސީ ގޯނާކުރި މައްސަލަ ފެންމަތިވެއްޖެ އެވެ.
އުމުރުން 18 އަހަރު ނުވާ ހަތަރު ފިރިހެން ކުދިންނަށް ޖިންސީ ގޯނާކުރީ އުމުރުން 24 އަހަރުގެ މީހެެއް ކަމަށްވެ އެވެ.
ފުލުހުންނާ މިމައްސަލައިގައި ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރި ނަމަވެސް ފުލުހުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.
ނަމަވެސް މިމައްސަލަ ޖެންޑަ މިނިސްޓްރީއާއި ފުލުހުން ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށް އަވަސްއަށް ވަނީ އެނގިފަ އެވެ.
ކުޑަކުދިންގެ މަސްލަހަތު ހިމެނޭ މައްސަލަތަކުގައި އެ ކުދިންގެ އާންމު މައުލޫމާތު ހަމާވެދާނެތީ މައްސަލަ ހިނގާ ރަށާއި އަދި މައްސަލައިގައި ހިމެނޭ މީހުންގެ މައުލޫމާތު އިދާރާތަކުން އެއްވެސް އިރަކު ހާމައެއް ނުކުރެ އެވެ.