މާލޭ ސިޓީ ކައުންސިލް

ޖަންކްޝަނަށް ނަޖިސް ބޭރުވާ ގޮތަށް ހުރި އިމާރާތް ހޯދައި މީހުން ހުސްކުރަން އަންގައިފި

މާލޭގެ ރޯޝަރީ މަގުގައި ހުރި ޖަންކްޝަނަށް ނަޖިހާއި ތެޔޮ އަދި ހަޑި އެއްޗެހި ގޮތަށް ހަދާފައި ހުރި ގެ ހޯދައި އެ ތަނުން މީހުން ހުސްކުރަން މާލެ ސިޓީ ކައުންސިލުން އަންގައިފި އެވެ.

ސިޓީ ކައުންސިލުން މިއަދު ވަނީ ރޯޝަނީ މަގުގައި ހުންނަ މިގޭގައި އިންޑިއާ ބަޔަކު ހިންގަމުން ގެންދާ "ރިޒާފް ކެފޭ" އާއި އެ އިމާރާތުގައި ހުންނަ ބިދޭސީ އެކޮމަޑޭޝަނަށް ހުސްކުރުމަށް އަންގާފަ އެވެ.

އެ އިމާރާތުގައި އަލުން މީހުން ދިރިއުޅެން އަދި ކެފޭ ހިންގަން ހުއްދަ ދޭނީ ނަޖިސް ބޭރުވާ މައްސަލަ ހައްލުކޮށް، ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތަށް އިންތިޒާމުތައް ހަމަޖެއްސުމުން ކަމަށްވެސް ސިޓީ ކައުންސިލުން ބުންޏެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ވަނީ ރިފާޒް ކެފޭ ހިންގަމުން ދިޔަ އިމާރާތާއި އެ ތަނުން ނަޖިސް ބޭރުވަމުން ދިޔަ ގޮސް ނޫސްވެރިންނަށް ދައްކާލާފަ އެވެ.

އިމާރާތުގެ ވެރިފަރާތުން މިއަދު ބުނީ މަގުމަތީގައި ހުރި ޖަންކްޝަނަކަށް ނަޖިސް ބޭރުވާ ގޮތް ހަދާފައިވަނީ ކެފޭ ހިންގާ ބިދޭސީން އޭނާއަށް ނާންގާ ކަމަށެވެ.

ނަޖިސް ބޭރުވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީ އާއި މާލެ ސިޓީ ކައުންސިލާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީ ގުޅިގެން ހައްލުކޮށް ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މާލޭގެ ރޯޝަނީ މަގަކީ ޖެނުއަރީ 26، 2020 ގައި އަލުން މަގު ހެދުމުގެ މަސައްކަތް ފަށައި ޑިސެމްބަރު 27، 2021 ގައި މަސައްކަތް ނިންމާފައިވާ މަގެކެވެ.