އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ އިގުތިސާދީ ޓެކްސް ސިޔާސަތަށް ބަދަލުހިފުމުގެ ގާބިލުކަން ޔޫރަޕިއަން ޔޫނިއަންގައި ހުރި ކަމަށް ޖަރުމަނުގެ ޗާންސެލަރު އޯލަފް ޝޯލްޒް ވިދާޅުވެއްޖެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޓްރަމްޕް ވަނީ ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުން އެމެރިކާއަށް އެތެރެކުރާ އުފެއްދުންތަކުން 10 ޕަސެންޓުގެ ޓެކްހެއް ނަގަން އަމުރުކުރައްވާފަ އެވެ.
ޝޯލް ވިދާޅުވި ގޮތުން ޓްރަމްޕްގެ އިގުތިސާދީ އެޖެންޑާ ޔޫރަޕަށް އަމާޒުކޮށްފައި އޮތް ގޮތުން އެމެރިކާއާ އެކު މަޝްވަރާކުރުމަކީ ޔޫރަޕަށް ފަސޭހަ ކަމަކަށް ނުވާނެ އެވެ.
އަދި އެމެރިކާ އާއި ޔޫރަޕާ ދެމެދު ކަނިކަނޑައިގެން ދިއުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް ޖަރުމަނުގެ ޗާންސެލަރު ވިދާޅުވި އެވެ.
އެމެރިކާއިން ޔޫރަޕަށް ދަތިކުރާ ނަމަ ޔޫރަޕިއަން ޔޫނިއަންގެ ސިޔާސަތުތަކަށް ބަދަލު ގެނެސްގެން ނަމަވެސް، އެމެރިކާއަށް ރައްދުދިނުމަކީ ޔޫރަޕަށް ކުރެވެން އޮތް ކަމެއް ކަމަށްވެސް ޝޯލްޒް ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ޔޫރަޕިއަން ޔޫނިއަން އަކީ ފާޑުވެރިކަން ދަންނަ، މުއްސަނދި އަދި ތަނަވަސް އިގުތިސާދެއް ކަމަށެވެ.
ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުން އެކައްޗެއް ކިޔައި އެއް ސިޔާސަތަކަށް އަމަލުކޮށްފި ނަމަ އެމެރިކާއަށް ވެސް ދަތިވާނެ ކަމަށް ޝޮލްޒް ވިދާޅުވި އެވެ.