ސްޕޯޓްސް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ހުސައިން ޝަރީފް ސަސްޕެންޑްކޮށްފި އެވެ.
ހުސައިންއާ ގުޅޭ މައްސަލަތަކެއް ބަލަމުންދާތީ އޭނާ ސަސްޕެންޑްކޮށްފައިވާ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ.
ހުސައިން ސަސްޕެންޑް ކުރުމާ ގުޅިގެން ސްޕޯޓްސް މިނިސްޓްރީގެ ޕީއެސްގެ ޒިންމާ ވަގުތު ގޮތުން އުުފުއްލަވަމުން ގެންދަވަނީ އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނަރަލް އަލީ ޒަކީ އެވެ.
ހުސައިން ޝަރީފަކީ ސަރުކާރުގެ ވުޒާރާތަކުގައި ޕާމަނަންޓް ސެކްރެޓަރީންގެ ގޮތުގައި މިހާރު ތިއްބެވި ބޭފުޅުންގެ ތެރެއިން އެންމެ ގިނަ ދުވަހު އެ މަގާމުގައި ހުންނެވި ބޭފުޅާ އެވެ.
ސްޕޯޓްސް މިނިސްޓްރީގެ ޕީއެސްގެ މަގާމަށް ހުސައިން އައްޔަންކުރީ މޭ 2018 ގަ އެވެ.