މާބައިދޫ

މާބައިދޫ ކައުންސިލަރު ހަސަން ޒަރީރު ކުއްލި ގޮތަކަށް ނިޔާވެއްޖެ

ލ. މާބައިދޫ ކައުންސިލަރު ހަސަން ޒަރީރު ކުއްލި ގޮތަކަށް މިއަދު ނިޔާވެއްޖެ އެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި އުމުރުން 58 އަހަރުގެ ޒަރީރު ނިޔާވީ ހާޓް އެޓޭކެއް ޖެހިގެންނެވެ.

ޒަރީރު ނިޔާވުމާ ގުޅިގެން ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި އެ މިނިސްޓްރީގެ މުވައްޒަފުން ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފަ އެވެ.