މޯލްޑިވިއަން

މޯލްޑިވިއަން އިން ކުއަލަލަމްޕޫރާއި ބެންކޮކްގައި ޖޭއެސްއޭ ހޯދަނީ

ތައިލެންޑްގެ ބެންކޮކް އަދި މެލޭޝިޔާގެ ކުއަލަލަމްޕޫރުގައި ޖެނެރަލް ސޭލްސް އެޖެންޓް (ޖޭއެސްއޭ) ގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން ރާއްޖޭގެ ގައުމީ އެއާލައިން -- މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އިން އިއުލާނުކޮށްފި އެވެ.

އައިލެންޑް އޭވިއޭޝަން އިން ކުރި އިއުލާނެއްގައި ވަނީ މި ހިދުމަތް ދެ އަހަރުގެ މުއްދަތަށް ދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފަ އެވެ.

އެ ގޮތުން ޖޭއެސްއޭގެ ހިދުމަތް ދިނުމަށް އައިލެންޑް އޭވިއޭޝަންއާއެކު އެއްބަސްވުމަށްފަހު ޖޭއެސްއޭގެ ހިދުމަތްދޭ ކުންފުނިން ރާއްޖޭގެ ޓުއާ އޮޕަރޭޓަރެއް ތަމްސީލުކޮށްގެން ނުވާނެ ކަމަށް އިއުލާނުގައިވެ އެވެ.

މީގެ އިތުރުން ޖޭއެސްއޭގެ ހިދުމަތް ދޭ ކުންފުންޏަކީ ހަފުތާގައި މަސައްކަތްކުރާ ދުވަސްތަކުގައި ކޮންމެ ދުވަހަކު މަދުވެގެން ހަ ގަޑިއިރު ހިދުމަތްދޭ ކުންފުންޏަކަށްވާން ޖެހެ އެވެ.

މޯލްޑިވިއަން އިން މިހާރުވެސް ދަނީ އިންޑިއާގެ ދެ މަންޒިލަކާއި ޗައިނާގެ ތިން މަންޒިލަކަށް ދަތުރުތައް ބާއްވަމުންނެވެ.