ހާރިޖީ ދާއިރާގައި ގިނަ އަހަރުތަކަކު މަސައްކަތް ކުރައްވާފައިވާ އަބްދުﷲ ހަމީދު (ޗީފް ހަމީދު) އަލުން ހާރިޖީ ދާއިރާއާ ގުޅިވަޑައިގެންފި އެވެ.
އަވަސްއަށް އެނގިފައިވާ ގޮތުގައި މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ޗީފް ހަމީދު ވަނީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަންކުރައްވާފަ އެވެ.
ހަމީދު އަލުން ހާރިޖީ ދާއިރާއާ ގުޅިވަޑައިގެންފައި މިވަނީ އެ ދާއިރާއާ އެތައް އަހަރަކު ދުރުގައި ހުންނެވުމަށްފަހު އެެވެ.
ހާރިޖީ ދާއިރާގައި އެންމެ ފަހުން ހަމީދު ހުންނެވީ ރާއްޖެއިން ސައުދި އަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރުގެ މަގާމު ގައެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިިކަމުގައެވެ.
ހަމީދު ވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު 15 އަހަރު ވަންދެން ފުރުއްވާފަ އެވެ. އޭގެފަހުން ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމާއި ސްޓޭޓް މިނިސްޓަރުކަން ކުރެއްވި އެވެ.