މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރަކަށް ރިޝްވާން

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރު މަގާމަށް މުހައްމަދު ރިޝްވާން ހަމަޖައްސައިފި އެވެ.

ކުރިން ފުލުހުންގެ ހިދުމަތުގައި އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި ރިޝްވާން ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުވެސް ފުރުއްވާފަ އެވެ.

އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ރިޝްވާން ހަމަޖައްސާފައި މިވަނީ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ވަޖީހް މިމަހުގެ ދެވަނަ ދުވަހު މަގާމުން ވަކިކުރުމަށްފަހު އެވެ.

އެމްޕީއެލްގެ ސީއީއޯ އަދި އެމްޑީގެ މަގާމަށް ނޮވެމްބަރު 28، 2023 ގައި އައްޔަންކުރި ވަޖީހު ކުއްލި ގޮތަކަށް މަގާމުން ވަކިކުރި ސަބަބެއް ޕްރައިވެޓައިޒޭޝަން ބޯޑަކުން ނުބުނެ އެވެ.