ބައިނަލްއަގްވާމީ އަދުލުއިންސާފު ގާއިމުކުރުމުގައި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އަށް މިނިވަންކަން އޮންނަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ޔޫރަޕިއަން ޔޫނިއަން ކޮމިޝަންގެ ރައީސް އުރުސުލާ ވޮންޑާ ލޭޔަން ވިދާޅުވެއްޖެ އެވެ.
އައިސީސީ އޮންނަން ޖެހޭނީ ގާބިލުކަމާ އެކު ވަކާލާތުކުރެވޭ ސަޚުސެއް ގޮތުގައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޔޫރަޕަކީ އަދުލުއިންސާފަށް ލޯބިކުރާ އަދި ހައްގުތަކަށް ވަކާލާތުކުރާ އެކުވެރި ބާރެއް ގޮތުގައި ދެމިއޮންނާނެ ކަމަށްވެސް އުރުސުލާ ވިދާޅުވި އެވެ. ބައިނަލްއަގްވާމީ ގާނޫނާއި ގަވާއިދު ދަމަހައްޓައި ތަންފީޒުކުރުމަށް މަސައްކަތްކުރާ ކޮންމެ ބަޔަކަށް ޔޫރަޕުގެ ތާއީދު އޮންނާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އުރުސުލާ މިހެން މި ވިދާޅުވި އައިސީސީއަށް ދަތިކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޮއިކުރައްވައި ނެރުެއްވި ރިޔާސީ އަމުރާ ގުޅިގެންނެވެ.
އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް ދަތިކުރަން ޓްރަމްޕް ނިންމެވީ، އިޒުރޭލުގެ ބޮޑުވަޒީރު ހިމެނޭ ގޮތުން ޔަހޫދީ ދައުލަތުގެ ވެރިންނާ ދެކޮޅަށް ހުށަހެޅި މައްސަލަތަކާ ގުޅިގެންނެވެ.
އައިސީސީން ވަނީ އިޒުރޭލުގެ ވެރިންނަނީ ހަނގުރާމައިގެ ކުށްވެރިން ކަމަށް ނިންމައިދިނުމަށް އެ ކޯޓަށް ހުށަހަޅާފަ އެވެ.
ފަލަސްތީންގެ ޣައްޒާގައި އިޒުރޭލުން ކުރަނީ ނަސްލު ނައްތާލަން ކުރާ ހަނގުރާމައެއް ކަމަށްވެސް އައިސީސީން ވަނީ ބުނެފަ އެވެ.
އުރުސުލާ ވިދާޅުވި ގޮތުން އައިސީސީން ކުރަނީ ބައިނަލްއަގްވާމީ މަސައްކަތްތަކެކެވެ. އެއީ ހައްގު ގެއްލިފައި ތިބިހާ ބަޔަކަށް އުންމީދެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެމެރިކާ އާއި އިޒުރޭލަކީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ މެމްބަރުންނެއް ނޫނެވެ. ނަމަވެސް، އެމެރިކާގެ ރައީސްގެ މަގާމުގައި ހުންނަވާ މީހަކަށް، އައިސީސީ ކަހަލަ ޖަމާއަތަށް ޖެއްސުންކޮށް ބާކީކުރުމަކީ ވަރަށް ފަސޭހަ ކަމަކަށް ވާނެ އެވެ.
އެމެރިކާގެ ރުހުން ނެތި އައިސީސީ ހިންގުމަކީ ވެސް ލާހިކު ކަމެއް ނޫނެވެ. އައިސީސީގެ ފަނޑިޔާރުންނާއި މުވައްޒަފުން ހިފައި ހައްޔަރުކުރުމަކީ ވެސް އެމެރިކާ ކޮށްފާނެ ކަމެކެވެ.