ހަބަރު

ށ. އަތޮޅު ޤުރުއާން މުބާރާތުން އެއްވަނަ މިލަންދޫ ސްކޫލަށް

ށ. އަތޮޅުގެ ހުރިހާ ސްކޫލަކަށް އަމާޒުކޮށްގެން ބޭއްވި އަތޮޅު ޤުރުއާން މުބާރާތުގެ އެއްވަނަ އެއަތޮޅު މިލަންދޫ ސްކޫލަށް ލިބިއްޖެ އެވެ.

މިމަހުގެ 18 އިން 21 އަށް ތިން ދުވަހުގެ މުއްދަތަށް ށ. ކަނޑިތީމުގައި ހުންނަ އަތޮޅު މަދަރުސާގައި ކުރިއަށް ގެންދިޔަ މި މުބާރާތުގެ ދެވަނަ ސްކޫލެއްގެ ގޮތުގައި ށ. އަތޮޅު މަދަރުސާ ހޮވުނު އިރު ތިން ވަނަ ސްކޫލަކަސް ހޮވުނީ ފުނަދޫ ސްކޫލެވެ.

ސަތޭކަ ސާޅީސް ދެ ދަރިވަރުން ބައިވެރިވި މި މުބާރާތަކީ އަތޮޅު ދަރިވަރުންނާއި ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވައި ފެތުރުމުގެ މަގުސަދުގައި ބޭއްވި މުބަރާތެކެވެ.

މި މުބާރާޓުން އެންމެ މޮޅު ފަސް ވަނައިގައި ހިމެނުނު ދަރިވަރުންނެގެ އިތުރުން ބަލައިން ކިޔެވުމުގެ ގޮފިން އަދި ނުބަލާ ކިޔެވުމުގެ ގޮފިން މުޅި މަބާރަތުން އެންމެ މޮޅު ތިން ދަރިވަރުން ހޮވާފައިވެ އެވެ.

މުޅި މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން އެއް ވަނައަށް ހޮވިފައި ވަނީ ށ. މިލަންދޫ ސްކޫލުގެ ހަސަން އަވްސަމް އާއި އެ ސްކޫލުގެ މަރްޔަމް ރިޒްނީ އެވެ. ދެ ވަނައަށް ހޮވިފައި ވަނީ ފުނަދޫ ސްކޫލްގެ އައިޝަތު އިނާން ރަމްޒީ އެވެ. އަދި ތިން ވަނައަށް ހޮވިފައި ވަނީ ފީވަކު ސްކޫލްގެ ނިއުމަތް މުހައްމަދު ނޫރު އާއި މުޙައްމަދު ފަރާޒުގެ އިތުރުން ފުނަދޫ ސްކޫލްގެ ފިޒާ ޢާއިޝަތު އީނާޒު އެވެ.


ނުބަލައި ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން އެއް ވަނަ ހާސިލް ކޮށްފައިވަނީ މިލަންދޫ ސްކޫލްގެ އާއިޝަތު ތޫލާ އަންވަރެވެ. ދެ ވަނަށްއަށް ށ. އަތޮޅު މަދަރުސާގެ މަލާކު އަހުމަދު ފައިސަލް އަދި، ތިން ވަނަ އަށް ހޮވިފައި ވަނީ މިލަންދޫ ސްކޫލްގެ އާއިޝަތު ޝަބާއެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ވަނައިގައި ހިމެނުނު ދަރިވަރުން.

ހަސަން އައުސަމް، މިލަންދޫ ސްކޫލް، 1 ވަނަ
މަރިޔަމް ރިޒްނީ، މިލަންދޫ ސްކޫލް، 1 ވަނަ
އައިޝަތު ތޫލާ އަހްމަދު، މިލަންދޫ ސްކޫލް، 1 ވަނަ
އައިޝަތު އިނާން ރަމްޒީ، ފުނަދޫ ސްކޫލް، 2 ވަނަ
މަލާކު އަހްމަދު ފައިސަލް، ށ. އަތޮޅު މަދަރުސާ، 3 ވަނަ
އައިޝަތު ޝަބާ، މިލަންދޫ ސްކޫލް، 4 ވަނަ
މުހައްމަދު އިނާން، ފީވައް ސްކޫލް، 5 ވަނަ
މުހައްމަދު ފަރާޒް، މިލަންދޫ ސްކޫލް، 5 ވަނަ
އައިޝަތު އިސްމާ، މިލަންދޫ ސްކޫލް، 5 ވަނަ
އައިޝަތު އީނާޒް، ފުނަދޫ ސްކޫލް، 5 ވަނަ

މިމުބާރާތުގައި ށ. އަތޮޅުގެ 12 ސްކޫލަކުން ބައިވެރިވެފައިވެ އެވެ.