ގައުމީ އެއާލައިން -- މޯލްޑިވިއަން އިން އެ ކުންފުނީގެ ޑޭޝް-8 މަތިންދާބޯޓެއް ވިއްކާލުމަށް އިއުލާންކޮށްފި އެވެ.
އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޑީ ހެވިލެންޑް ޑީއެޗްސީ-8 މަތިންދާބޯޓު (އެމްއެސްއެން 546) ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.
މި މަތިންދާބޯޓަކީ 8 ކިއު-އައިއޭއެސް ރަޖިސްޓްރީ ނަންބަރުގައި ރަޖިސްޓްރީ ކޮށްފައިވާ މަތިންދާބޯޓެކެވެ.
މި ބޯޓު ވިއްކާލުމަކީ މޯލްޑިވިއަން އިން މިހާރު ގެންގުޅެމުންދާ ޑޭޝް-8 މަތިންދާބޯޓުތައް އޭޓީއާރު މޮޑެލްތަކަށް ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދާ ކަމެކެވެ.
މި މަސައްކަތުގެ ދަށުން މީގެ ކުރިން 8 ކިއު-އައިއޭއާރު ރަޖިސްޓްރީ ނަންބަރުގައި ރަޖިސްޓްރީ ކޮށްފައިވާ އެހެން ޑޭޝް-8 މަތިންދާ ބޯޓެއްވެސް ވަނީ ވިއްކާލާފަ އެވެ.