ރޯދަ މަހު ކޮންމެ ގޭބިސީއަކަށް ސަރުކާރުން ދޭން ނިންމާފައިވާ މަސް ދަޅު ކޭސް މާލެ ސަރަހައްދުގައި މިމަހުގެ 20 ވަނަ ދުވަހު ބެހުމަށް ނިންމައިފި އެވެ.
އެސްޓީއޯ އިން ބުނީ މަސް ދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ސަރުކާރުގެ އެކި މުއައްސަސާތަކާއި، މިފްކޯ އާއި މޭލެ ސިޓީ ކައުންސިލް އަދި ރަށްރަށުގެ ކައުންސިލްތަކާ އެކު މަޝްވަރާކުރެވި، ގިނަ ބައެއްގެ އެއްބާރުލުމާއެކު ކަމަށެވެ.
ގޭބިސީތަކަށް ދިނުމަށް ހަމަޖެހިފައިވާ މަސްދަޅު ކޭހުގައި ހިމެނެނީ 180 ގްރާމުގެ ތެޔޮމަހުގެ 48 ދަޅެވެ.
މާލެ ސަރަހައްދުގައި ގޭބިސީތަކަށް މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުންނެވެ.
މާލޭގައި މަސް ދަޅު ކޭސް ދޫކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށެވެ. މަސްދަޅު ކޭސް ލިބޭނީ ގޭގޭގެ ކަރަންޓް މީޓަރު ނަންބަރު ޗެކްކުރުމަށްފަހު، ބަލައި އަންނަ ފަރާތުގެ އައިޑީ ކާޑާއި ގުޅޭނެ ފޯނު ނަންބަރު ރެކޯޑު ކުރުމަށްފަހު ކަމަށް އެސްޓީއޯ އިން މައުލޫމާތުދެ އެވެ.
މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވަނީ ދެ ދަންފަޅިއަކަށެވެ. އެއީ މެންދުރުފަހު 2:30 އިން އިރުއޮއްސި 6:00 އާ އަދި ރޭގަނޑު 8:30 އިން 11:00ގެ ނިޔަލަށެވެ.
މަސް ސަރަަހައްދުގައި މަސް ދަޅު ކޭސް ދޫކުރާ ތަންތަން:
- މާލެ ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ ބައި އަދި މިފްކޯ އޮފީސް ކޮމްޕައުންޑް
- ވިލިމާލޭ ކައުންސިލް އޮފީސް
- ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ އުމަރު ޒާހިރު ބިލްޑިން
- ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓް ޓަވަރު 10ގެ ޔޫތު ސެންޓަރު
އަތޮޅު ތެރޭގެ ގޭބިސީތަކަށް ފޮނުވާ މަސްދަޅު ކޭސްތައް އެސްޓީއޯ އިން ގެންދަނީ މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން ދޯނިފަހަރަށް އަރުވަން ފަށާފަ އެވެ. ރަށްރަށުގެ ގޭބިސީތަކަށް މަސް ދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެ ރަށެއްގެ ކައުންސިލުންނެވެ.