ދުނިޔެ

އަރަބި ގައުމުތަކުން ޓްރަމްޕްގެ ވިސްނުމަށް ރައްދުދޭނެ: އަބްދުﷲ ރަސްގެފާން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޣައްޒާ ހިސާޜުކުރަން ރާއްވަވާފައިވާ ރޭވުމަށް އަރަބި ގައުމުތަކުން މުރާޖައާކޮށް އެކަމަށް އެކަށީގެންވާ ރައްދުދޭނެ ކަމަށް އުރުދުންގެ އަބްދުﷲ ރަސްގެފާން ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ރަސްގެފާން މިހެން ވިދާޅުވީ އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރައްވައި ދެއްކެވި ވާހަކާގަ އެވެ.

ޣައްޒާ ނޫން ތަނެއްގައި -- އުރުދުން އާއި މިސްރުގައި، ޣައްޒާ ރައްޔިތުން އާބާދުކުރުމަށް ޓްރަމްޕް ގެންގުޅުއްވާ ވިސްނުމަށް އިޝާރާތްކުރަައްވައި އަބްދުﷲ ރަސްގެފާން ވިދާޅުވީ އަމިއްލަ ގައުމަށް އެންމެ ރަނގަޅު ގޮތް އިޚުތިޔާރުކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

ޓްރަމްޕް ދެކެވަޑައިގަންނަވާ ގޮތުގައި ޣައްޒާއަށް ވުރެ ފަލަސްތީން މީހުންނަށް ރައްކާތެރިވާނީ އަވައްޓެރި ކޮންމެވެސް ގައުމެކެވެ. އެއީ މިސްރާއި އުރުދުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ސައޫދީ އަރަބިއްޔާގައި ހުސް ބިންތައް އެހާ ގިނައިރު، އެއީ ވެސް ފަލަސްތީން މީހުންނަށް ރައްކާތެރި ވަޒަނަކަށް ވާނެ ކަމަށް އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ވިދާޅުވި އެވެ.

ޓްރަމްޕް އަދި ވިދާޅުވީ ޣައްޒާ އަލުން ބިނާކުރުމުގައި ފަލަސްތީން މީހުން ބައިވެރިނުކުރައްވާނެ ކަމަށާއި މުޅި ޣައްޒާ އަލުން ބިނާކުރެއްވުމަށް ފަހު ފަލަސްތީންގެ އެކަކުވެސް އެ ބިމަށް ނާރުވާނެ ކަމަށެވެ.