ޕްރަވެޓައިޒޭޝަން

ޕީސީބީގެ ރައީސް ހަމްދީ މަގާމުން ވަކިކޮށްފި

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސް ހަމްދީ އަގީލް މަގާމުން ވަކިކުރައްވައިފި އެވެ.

ހަމްދީ މަގާމުން ވަކިކުރެއްވީ އިއްޔެގެ ވަގުތެއްގައި ކަމަށް އެނގިފައިވެ އެވެ. އެކަމަކު ހަމްދީ ވަކިކުރެއްވި ވަކި ސަބަބެއް އެނގިފައެއް ނުވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ޕީސީބީގެ ރައީސް ކަމަށް ހަމްދީ އައްޔަންކުރެއްވީ ނޮވެމްބަރު 22، 2023 ގައެވެ.

ހަމްދީ ކުރިން ވަނީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރުކަމާއި މޯލްޑިވްސް ރޯޑް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުވެސް ފުރުއްވާފަ އެވެ.
\
ޕީސީބީގެ މައިގަނޑު މަސްއޫލިއްޔަތަކީ ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގާ ގޮތް ބަލައި ރެގިއުލޭޓް ކުރުމެވެ.