އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕާއި ރަޝީއާގެ ރައީސް ލަޑިމިއާ ޕޫޓިން ފޯނުން މަޝްވަރާކުރެއްވި ވާހަކަ އަކީ އުފާވެރި ޚަބަރެއް ކަމަށް ޗައިނާގެ ޚާރިޖީ ވުޒާރާއިން ބުނެފި އެވެ.
ޗައިނާ ޚާރިޖީ ވުޒާރާގެ ތަރުޖަމާން ގުއޯ ޗިއަކުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ދެ ލީޑަރުން ގުޅުން ބަދަހިކުރަން ކުރައްވާ މަސައްކަތްތަކަށް ޗައިނާ މަރުހަބާ ކިޔާ ކަަމަށެވެ.
"އަހަރެމެން މި ތިބީ އުފަލުން،" ތަރުޖަމާން ވިދާޅުވި އެވެ.
ދުނިޔެއަށް ކަންބޮޑުވެފައި ހުރި މައުލޫތަކަށް އެމެރިކާއާ ރަޝިއާ މަޝްރާކުރުމަކީ އުންމީދީ ކަމެއް ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.
ތަރުޖަމާން ވިދާޅުވި ގޮތުން ޔުކްރޭން މައްސަލަ އަކީ ދުނިޔެއަށް ދިމާވެފައި އޮތް ބޮޑު މައްސަލައެކެވެ. އެއީ ބައެއްގެ ނާގާބިލު ރޭވުންތަކެއްގެ ސަބަބުން ކުރިމަތިވެފައި އޮތް މުސީބާތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޔުކްރޭން ހަމަނުޖެހުންތައް ހުއްޓުވެން އޮތް އެންމެ ފަސޭހަ އަދި ކުރު ގޮތަކީ މަޝްވަރާކުރުން ކަމަށް ތަަރުޖަމާން ވިދާޅުވި އެވެ.\ ޗައިނާގެ ވިސްނުމަކީ މަޝްވަރާ މޭޒު ދޮށުން ހައްލު ހޯދުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޔުކްރޭން ހަނގުރާމަ ހުއްޓުވައި މަސްލަހަތުކުރުމަށް ރަރިއާގެ ރައީސް ޕޫޓިންއާ އެކު ދިގު މަޝްވަރާތަކެއް ކުރެއްވި ކަމަށް ރައީސް ޓްރަމްޕް ވިދާޅުވި އެވެ.
ރަޝިއާގެ ރިޔާސީ ގަނޑުވަރު ކްރެމްލިންއިން ވެސް ވަނީ މި ވާހަކަތައް ކަށަވަރުކޮށްދީފަ އެވެ. ޓްރަމްޕް ރަޝިއާއަށް ވަޑައިގަތުމަށް ޕޫޓިން ދައުވަތުދެއްވި ކަމަށް ރިޔާސީ ގަނޑުވަރުގެ ތަރުޖަމާން ދިމިތުރީ ޕެސްކޯފް ވިދާޅުވި އެވެ.