އެސްޓީއޯ

އެސްޓީއޯ އިން ރޯދައަށް ކާށި ވިއްކަނީ، ކާށްޓެއްގެ އަގަކީ 5 ރުފިޔާ

ކުރިއަށް ރޯދަ މަހަށް އެސްޓީއޯ އިން ވިއްކާ ބާވަތްތަކުގެ ތެރެއަށް ކާށި އިތުރުކޮށް ކާށީގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެ ގެނެސް އަގު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެސްޓީއޯ އިން ރޯދައަށް ގެންނަ ކާށީގެ ފުރަތަމަ ޝިޕްމަންޓްމަންޓް މިހާރު ވަނީ އިންޑިއާ އިން ރާއްޖެއަށް ގެނެސްފަ އެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ކާށި ވިއްކަން ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން 5 ރުފިޔާގެ ރޭޓުންނެވެ.

ރޯދައަށް ހާއްސަކޮށްގެން އެސްޓީއޯ އިން މިހާރު ވަނީ ލުނބޯވެސް ރާއްޖެއަށް ގެނެސްފަ އެވެ. ލުނބޯވެސް އަންނަ ހޮނިހިރު ދުވަހު ވިއްކުމަށް ހަމަޖެހިފައިވަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް ގައެވެ.

އެސްޓީއޯ އިން ރޯދައަށް ރާއްޖެއަށް ގެންނަ ބާވަތްތައް

  • އަސާސީ ކާބޯތަކެތި: ފިޔާ، ބިސް އަލުވި، ކާށި، ކަދުރު
  • ތާޒާ ތަރުކާރީ އަދި މޭވާ: ލޮނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބޫ، ޕެޝަންފުރުޓް، ކިއުކަންބާ
  • ޕްރޮސެސްޑް ކާނާ: ނެސްލޭ ކުރީމް، ކޮކޯ ޕައުޑަ، ބޭކެޓް ބީންސް، ގެރިކިރު ދަޅު
  • ކެއްކުމަށް ބޭނުންކުރާތަކެތި: ސަންފްލާވަ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތި ހަނޑޫ

ރޯދަ މަހު ރާއްޖޭގެ ބާޒާރުގައި އާންމުކޮށް އަގުބޮޑުވާ ބާވަތްތައް ރާއްޖެއަށް ގެނެސް އަގު ކޮންޓްރޯލް ކުރުމުގައި އެސްޓީއޯ އިން ދަނީ މުހިއްމު ދައުރެެއް އަދާކުރަމުންނެވެ.