ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 334،000 އަށް އަރައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެގެ ނިޔަލަށް 334،698 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 309،411 ފަތުރުވެރިންނަށްވުރެ 25،287 ފަތުރުވެރިން -- 8.2 ޕަސެންޓް އިތުރުވުމެކެވެ.
ފަތުރުވެރިކަމުގެ ގަދަ 10 ގައުމު
- ޗައިނާ - 53،222 ފަތުރުވެރިން
- ރަޝިއާ - 28،465 ފަތުރުވެރިން
- އިނގިރޭސިވިލާތް - 31،925 ފަތުރުވެރިން
- އިޓަލީ - 30،159 ފަތުރުވެރިން
- ޖަރުމަނު - 19،751 ފަތުރުވެރިން
- އިންޑިއާ - 15،714 ފަތުރުވެރިން
- ފްރާންސް - 10،844 ފަތުރުވެރިން
- އެމެރިކާ - 10،183 ފަތުރުވެރިން
- ޕޮލެންޑް - 7،487 ފަތުރުވެރިން
- ސްވިޓްޒަލޭންޑް - 6،493 ފަތުރުވެރިން
ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 69.4 ޕަސެންޓް -- 232،390 ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ރިސޯޓްތަކުގަ އެވެ. ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރީ 25.5 ޕަސެންޓް -- 85،288 ފަތުރުވެރިންނެވެ.
ރާއްޖޭގައި މިވަގުތު ފަތުރުވެރިކަމަށް 172 ރިސޯޓާއި 796 ގެސްޓްހައުސް އާއި 155 ސަފާރީ އުޅަނދު އަދި 15 ހޮޓާ ދަނީ ހިންގަމުންނެވެ.